IS ge Han'guraamaverinn ge Bayaku Maran Hukumkohfi
image
އައިއެސްގެ ހަނގުރާމަވެރިންގެ ބަޔަކު
0 ކޮމެންޓް
 

އައިއެސްގެ ހަނގުރާމަވެރިންގެ ބަޔަކު މަރަން ހުކުމްކޮށްފި

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންގެ ބަޔަކު މެރުމަށް މިސްރުގެ އަސްކަރީ ކޯޓުން ހުކުމްކޮށްފިއެވެ. kobadoctor
މިސްރުގެ އަސްކަރީ ކޯޓުން ބުދަ ދުވަހު ވަނީ އައިއެސްގެ އަށް މީހަކު މެރުމަށް ހުކުމްކޮށްފައެވެ. އެ މީހުންނަކީ 2016 ވަނަ އަހަރު މިސްރުގައި ސިފައިންގެ ޗެކް ޕޮއިންޓަކަށް ހަމަލާ ދިނުމުގައި ބައިވެރިވި ބަޔެކެވެ.

އައިއެސްގެ އެ ހަނގުރާމަވެރިން މެރުމަށް މިސްރުގެ އަސްކަރީ ކޯޓުން ހުކުމްކޮށްފައިވަނީ އެ މީހުންގެ ގައިރުހާޒިރުގައެވެ.

މިސްރުގެ އިސްލާމިއްޔާގައި ހުންނަ އަސްކަރީ ކޯޓުން ވަނީ އައިއެސްގެ 32 ހަނގުރާމަވެރިން، އުމުރު ދުވަހަށް ޖަލަށްލުމަށް އިއްޔެ ހުކުމްކޮށްފައެވެ.

މިސްރުގައި ހަމަލާދިނުމުގައި ބައިވެރިވި އައިއެސްގެ ދެ ހަނގުރާމަވެރިއަކަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ދެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ.
ހިޔާލު