Sushmita Eynage Loabiveriyaa Rohman aa Anna Aharu Kaiveni Kuranitha?
image
ސުޝްމީތާ އާއި ރޮހްމަން--
0 ކޮމެންޓް
 

ސުޝްމީތާ އޭނާގެ ލޯބިވެރިޔާ ރޮހްމަން އާ އަންނަ އަހަރު ކައިވެނި ކުރަނީތަ؟

ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު މިސް ޔުނިވާސްގެ ލަގަބު ފުރަތަމަ ފަހަރަށް ލިބުނު އިންޑިއާ އަންހެނެއްގެ ޝަރަފު ހޯދި ބޮލީވުޑުގެ ބަތަލާ ސުޝްމީތާ ސެން އާއި މޮޑެލެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އޭނާގެ ލޯބިވެރިޔާ ރޮހްމަން ޝޯލް އާ އަންނަ އަހަރު ކައިވެނި ކުރަން އުޅޭ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ސުޝްމީތާ ދަންނަ ބައެއް ފަރާތްތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެދެމީހުން ފުރަތަމަ ދިމާވީ ފެޝަން ގާލާ އިންނެވެ. އަދި ސުޝްމީތާ އާއި ރޮހްމާނު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދެ މަސް ވެއްޖެއެވެ. އެގޮތުން ރޮހްމާން މިހާރު ސުޝްމީތާއާއި އިންނަން އަހާފައިވަ ކަމަށާއި ކައިވެންޏާ ބެހޭގޮތުން ދެމީހުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެއެވެ. އަދި ހުރިހާ ކަމެއް ރަނގަޅަށް ގޮސްފިނަމަ އަންނަ އަހަރު ކައިވެނި ކުރާނެ ކަމަށް ވެސް އެފަރާތްތަކުން ވަނީ ނޫސްތަކަށް މައުލޫމާތު ދީފައެވެ. ނަމަވެސް އެކަމެއް ރަސްމީކޮށް ސުޝްމީތާ ނުވަތަ ރޮހްމަން ވެސް އިއުލާން ކޮށްލައެއް ނުވެއެވެ.

މެއިން ހޫން ނާ އާއި ބީވީ ނަމްބަރު ވަން އަދި ސިރްފު ތުމް ފަދަ ފިލްމުތަކުގައި ކުޅަދާނަ އެކްޓިންއެއް ދައްކުވައިދީފައިވާ އުމުރުން 42 އަހަރުގެ ސުޝްމީތާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ރެސްޓޯރެންޓެއް ހިންގަމުން އައި ރިތިކް ބާސިން އާ ވެސް ލޯބީގެ ގޮތުން ގުޅިފައެވެ. ނަމަވެސް ހަމަ މިދިޔަ އަހަރުގެ ތެރޭގައި އެދެމީހުން ވަނީ އެގުޅުން ނިމުމަކަށް ގެނެސްފައެވެ.

އޭގެ އިތުރުން ސުޝްމީތާ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި ޑައިރެކްޓަރު ވިކްރަމް ބަޓް އާއި އެކްޓަރު ރަންދީޕް ހޫދާ އަދި ކްރިކެޓް ކުޅުންތެރިޔާ ވަސީމް ވިކްރަމް ހިމެނެއެވެ.
ސުޝްމީތާ ސެން
ހިޔާލު