Sham aai Froggy Engage Vejje
image
ފުރޮގީ އާއި ޝާމް--
0 ކޮމެންޓް
 

ޝާމް އާއި ފުރޮގީ އެންގޭޖްވެއްޖެ

ޕާކިސްތާނަށް ނިސްބަތްވާ ޔޫޓިއުބްގެ މަޝްހޫރު ސުޓާރުން ކަމަށްވާ ޝާމް އިދްރީސް އާއި ސެހެރް (ފުރޮގީ) އެންގޭޖް ވެއްޖެއެވެ. kobadoctor
މަޖާ ވީޑިއޯތައް ޝާމް އާއި ފުރޮގީ އެކުގައި ކުޅެފައިވާއިރު އެދެމީހުންނަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ދެމީހުންނެވެ. މީގެ ކުރިން ދެމީހުންގެ ގުޅުމާމެދު ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު ދެމިހުން ވެސް ވަނީ އެއީ ގާތް ދެރަހުމަތްތެރިން ކަމަށް ބުނެފައެވެ.

ގިނަ ބަޔަކަށް އުފާވެރިކަމެއް ލިބިގެން ދިޔައީ މިދިޔަ އަންގާރަ ދުވަހު އެދެމީހުން އެންގޭޖްވި ހަބަރާ ގުޅިގެންނެވެ. ޓުވިޓާ މެދުވެރިކޮށް ޝާމް އަދި ފުރޮގީ އެންގޭޖުވިކަން ހާމަކޮށްފައިވާއިރު ގިނަ ބަޔަކު ވަނި ދެމީހުންނަށް މަރުހަބާ ކިޔާފައެވެ.

ޝާމް ފުރޮގީ ކައިރި އިންނަން އަހާ ވީޑިއޯއެއް ޔޫޓިއުބް މެދުވެރިކޮށް ހިއްސާކުރިއިރު ވީޑިއޯ އިން ފެންނަ ގޮތުގައި ޝާމް ފުރޮގީ ކައިރި އިންނަން އެހުމުން ފުރޮގީ އަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. އޭގެ އިތުރުން ޝާމް ވަނީ ފުރޮގީގެ އަސްލު ނަން ވެސް އެވީޑިއޯގައި ބުނެފައެވެ.

ދެމީހުން ލޯބީގެ ގޮތުން ގުޅުނު ފަހުން އެދެމީހުން ވަނީ 'އަވާ ފަސްޓް ޑޭ އޭޒް އަ ކަޕުލް' ގެ ނަމުގައި އިއްޔެ ވިޑިއޯއެއް ޔޫޓިއުބްގައި ހިއްސާކޮށްފައެވެ. މިހާތަނަށް އެވޯޑިއޯ ތިން ލައްކަ ނުވަދިހަ އެއްހާހަށް ވުރެ ގިނަ މީހުން ބަލާފައިވެއެވެ.

އެ ދެ މީހުން ފުރަތަމަ ވީޑިއޯ ހަދަން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. އެދެމީހުންނަކީ ތަފާތު އެކި ކަންތައްތަކުގެ މައްޗަށް މަޖާ ވީޑިއޯ ހަދާ ބައެކެވެ.
ޝާމް އިދުރީސް
ހިޔާލު