Drug lord eh kamah heekoh hayyaru kuree nubai meeheh
image
ހައްޔަރު ކުރަން ބޭނުންވާ ޑްރަގްލޯޑް (ކ) އަދި އޮޅިގެން ހައްޔަރު ކުރި އެޑީ.
0 ކޮމެންޓް
 

ޑްރަގް ލޯޑެއް ކަމަށް ހީކޮށް ހައްޔަރު ކުރީ ނުބައި މީހެއް

އިނގިރޭސިވިލާތު ޖަލުން ފިލާފައިވާ ޑްރަގް ލޯޑް މައިކަލް ފިލިޕްސް ކަމަށް ހީކޮށް، ސްޕޭން ފުލުހުން ނުބައި މީހަކު ހައްޔަރުކޮށް ޖަލަށްލީ މައްސަލައެއް ފެންމަތިވެއްޖެ އެވެ. kobadoctor
ސްޕޭނަށް ޗުއްޓީ ހޭދަކުރަން އަންހެނުންނާއި އެކު ދަނިކޮށް، އެ ގައުމުގެ ބޯޑާ ޕެޓްރޯލުން ޑްރަގް ލޯޑް ކަމަށް ޝައްކުކޮށް، ފަހުން ހޮޓަލުގައި ހުއްޓާ ހައްޔަރު ކުރީ އުމުރުން 68 އަހަރުގެ އެޑީ ގޮސޭޖް އެވެ. އޭނާ އަކީ ވެސް އިނގިރޭސިވިލާތު މީހެކެވެ. އަދި އޭނާ ސްޕޭނަށް ޗުއްޓީ އަށް ދިޔައީ، އަންހެނުން ބްރެންޑާ، 70 އާ އެކުގަ އެވެ.

އެޑީ ހައްޔަރު ކުރީ ޖެހިގެން އައި ދުވަހު ހެނދުނު، އޭނާ ހުރި ހޮޓަލުގެ ކޮޓަރި އަށް ފުލުހުން ވަދެގެންނެވެ. އަދި ވަގުތުން އޭނާ ބިޑިއަޅުވައިގެން ޖަލަށް ގެންދިޔައީ އެވެ.

ހައްޔަރު ކުރެވުނީ ނުބައި މީހެއްކަން ފުލުހުންނަށް ރޭކާލީ، އޭނާ ޖަލުގައި ހުންނަތާ އަށް ދުވަސް ފަހުންނެވެ. އެ ކަން ހިނގީ ކީއްވެގެން ކަން ސާފުކޮށްދިނުމަށް އެޑީ ވަނީ ގޮވާލާފަ އެވެ.
ހިޔާލު