Hina aai Eynage Loabiveriya Raajjeyge Kandu adeegai Neshi Video!
image
ހީނާ އޭނާ ލޯބިވެރިޔާ ރޮކީ އާއެކު.
0 ކޮމެންޓް
 

ހީނާއާއި އޭނާގެ ލޯބިވެރިޔާ ރާއްޖޭގެ ކަނޑުއަޑީގައި ނެށި ވީޑީއޯ!

ކާމިޔާބު އެކްޓަރ ހީނާ އާއި ރޮކީ ދާދި ފަހުން ރާއްޖޭއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައިވާއިރު އެދެމީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ބޮލިފުށި އައިލެންޑު ރިސޯޓުގައެވެ. ދެމީހުން ޗުއްޓީ ހޭދަކުރަމުން އައި ގޮތް އިންސްޓާގުރާމު މެދުވެރިކޮށް ހިއްސާކޮށްފައިވާއިރު ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ކަނޑުއަޑީގައި ދެމީހުން ނަގާފައިވާ ވީޑިއޯ އަކަށެވެ. kobadoctor
ހީނާ އިންސާގުރާމު މެދުވެރިކޮށް އެވީޑިއޯ ހިއްސާކުރިއިރު އެވީޑިއޯ އިން ފެނިގެންދަނީ ހީނާ އާއި ރޮކީ ކަނޑުއަޑީގައި ނަށާ މަންޒަރެވެ. އެވީޑިއޯއާއެކު ހީނާ ވަނީ ރާއްޖޭގެ ކަނޑުއަޑީގެ މަންޒަރުތައް ރީތިކަން ވެސް ހާމަކޮށްފައެވެ.

ހީނާ ރާއްޖެއިން ފުރާފައިވަނީ މީގެ ދެދުވަސް ކުރިންނެވެ. ހީނާ މިހާރު އަންނަނީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިގައި ކޮމޮލިކާގެ ރޯލު ކުޅެމުންނެވެ. މިމަހު ހަތް ވަނަ ދުވަހު އެޝޯ ދައްކަން ފެށިއިރު ގިނަ ބަޔަކަށް ވަނީ ހީނާ އެރޯލުން ވަރަށް ކަމުގޮސްފައެވެ.
ހީނާ ހާން
ހިޔާލު