Salaamathee Gothun Addu Mi Sarahahdhah Muhimmu Vanee Keehve?
image
6 ކޮމެންޓް
 

ސަލާމަތީގޮތުން އައްޑޫ މިސަރަހައްދަށް މުހިންމު ވަނީ ކީއްވެ؟

އަރުވާލެވިގެން އެތައް ދުވަހެއް ވަންދެން ރާއްޖޭއިން ބޭރުގައި ހުންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ފުރަތަމަ ދަތުރުފުޅު ފެއްޓެވީ އައްޑޫސިޓީގެ ރަށް ރަށަށެވެ. ތިން ދުވަހުގެ ދަތުރުފުޅުގައި ރައީސް ނަޝީދަށް އައްޑުއިން ކިޔާފައިވަނީ ހޫނު މަރުހަބާއެކެވެ. އައްޑޫސިޓީގެ ކޮންމެ ރަށަކުން ވެސް އެމަނިކުފާނަށް ހޫނު ތަރުހީބެއް ދަނީ ދެމުންނެވެ. muni
ރައީސް ނަޝީދުގެ އައްޑު ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މިއަދު ވަޑައިގަންނަވާ އިރު އެ ދަތުރުފުޅުގެ ބައެއް ކަންތައްތައް ވަނީ މީޑިއާތަކުގެ ފަލަ ސުރުހީން ޖާގަ ހޯދާފައެވެ. އެގޮތުން އެމަނިކުފާނު އައްޑުއަށް ވަޑައިގެން އެންމެ ފުރަތަމަ ދެއްކެވި ބައެއް ވާހަކަފުޅުތަކާއި، އައްޑުސިޓީގައި އެމަނިކުފާނުގެ އޮފީހެއް ހުޅުވުން ވެސް ހިމެނެއެވެ.

ރައީސް ނަޝީދު އައްޑޫސިޓީގެ ހިތަދޫގައި މިމަހުގެ ހަ ވަނަ ދުވަހު ދެއްކެވި ވާހަކަފުޅުން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ އައްޑޫސިޓީއާއި އިންޑިއާ ކަނޑުގެ މަސްލަހަތާއި ގުޅިފައިވާ މިންވަރާއި ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަށެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު:

"އައްޑޫސިޓީއަށް ނަޒަރު ހިންގާ މިސިޓީއާއި ގުޅޭ ގޮތުން ވިސްނަނީކީއެއް ހަމައެކަނި ދިވެހިރާއްޖޭގެ ރައްޔިތުންނެއް ނޫން. މިސިޓީއާއި ގުޅޭ ގޮތުން މިއަތޮޅާއި ގުޅޭ ގޮތުން، އެންމެހާ ކަންކަން ބަލަމުން އޮޅުން ފިލުވަމުން ގެންދަނީ މުޅި ދުނިޔޭގެ ކަންކޮޅުތަކުގައިވާ އެތައް ބައެއް. އެތައް ގައުމަކުން. އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ، އައްޑޫސިޓީން މި އިންޑިއާ ކަނޑުގެ ހަމަޖެހުން ހޯދުން. ޒަމާނުއްސުރެ ފަށައިގެން ދިވެހިރާއްޖޭގެ އެކުވެރިންނަކީ އިންޑިއާ. އިންޑިއާގެ ހަމަޖެހުމާއި އިންޑިއާގެ ސަލާމަތާއި ރައްކާތެރި ކަމަކީ ދިވެހިރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމާ ގުޅިފައި ހުރި ކަމެއް. އައްޑޫ ސިޓީއާއި މިސިޓީގެ ރައްޔިތުން އަބަދު ވެސް ވިސްނަވަން ޖެހޭނެ، ބައްލަވަން ޖެހޭނެ، ތިބޭފުުންނަކީ ހަމައެކަނި މި ދިވެހިރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ ބައެއް ނޫން. ތިބޭފުޅުންނަކީ އިންޑިއާ ކަނޑުގެ މަސްލަހަތާ ވެސް މާ ބޮޑަށް ގުޅިފައިވާ ބައެއް. މި އައްޑޫސިޓީގެ ތަރައްގީއަކީ ހަގީގަތުގައި އިނގިރޭސީންގެ ވެސް މަސްއޫލިއްޔަތެއް. އެ ގައުމުގެ ވެސް ޒިންމާއެއް. އަޅުގަނޑަށް ޔަގީންވޭ އަޅުގަނޑު މިތާ ހުރެ މި ދަންނަވާ ވާހަކަ އިނގިރޭސި ސަރުކާރަށް ވެސް އަޑު އިވޭނެ. އަލުން އަނބުރާ އަޅުގަނޑުމެން މިތަނަށް މިހުއްޓެނީ އަޅުގަނޑުމެންގެ ބޭނުމަކީ މި އައްޑޫސިޓީގެ ތަރައްގީއަށް މުޅި ދުނިޔެ އެހީތެރިވުން. މިތަނުގެއާއި ދިވެހި ރާއްޖޭގެ ހަމަޖެހުން ގުޅިފައި އޮތީ، މުޅި ދުނިޔޭގެ ހަމަޖެހުމާއި، އިންޑިއާ ކަނޑުގެ ހަމަޖެހުމާއި މިވަނީ މާބޮޑަށް ގުޅިފައި. އައްޑޫގެ ތަރައްގީއަކީ މިރާއްޖެއަށް މަޖުބޫރު ކަމެއް،"

ރައީސް ނަޝީދުގެ އެވާހަކަތަކާއި ގުޅިގެން ވެރިކަން ކުރާ ޕީޕީއެމްގެ ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ޕީޕީއެމްގެ ކުރީގެ ސެކެރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ހަލީލު ވަނީ ރައީސް ނަޝީދު ދެއްކެވި ވާހަކަތައް ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ. ހަލީލު ވިދާޅުވި ގޮތުގައި އެވާހަކަފުޅުތަކަކީ ނުރައްކާތެރި އަދި ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ސިގުނަލެކެވެ.

ރައީސް ނަޝީދުގެ ވާހަކަތަކާއި ގުޅިގެން ޕީޕީއެމުން ކަންބޮޑުވުން ފާޅު ކުރަމުންދާ އިރު، ރައީސް ނަޝީދުގެ އެވާހަތަކާއި ގުޅިގެން އެމްޑީޕީގެ މެންބަރުންގެ ކަންބޮޑުވުމެއް ނެތެވެ. އަދި ކޯލިޝަންގެ އެހެން ބައިވެރިންގެ ވެސް ކަންބޮޑުވުމެއް ނުފެނެއެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ނަޝީދު ދެއްކެވީ އައްޑޫސިޓީގެ ތަރައްގީގެ ވާހަކަ ކަމަށެވެ. އަސްލަމް ވަނީ އައްޑޫ ސިޓީ އިންޑިއާ ކަނޑުގެ ސަލާމަތާއި ގުޅިފައިވާ ކަމަށް ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ތާއީދު ކުރައްވާފައެވެ. ބާރުގަދަ ގައުމުތަކުގެ ނުފޫޒު އަންނަ އިރު އިންޑިއާ ކަނޑުގެ މަސްލަހަތަށް ވިސްނުމަކީ މުހިއްމު ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ރައީސް ނަޝީދު އައްޑޫގައި އޮފީހެއް ހުޅުވީ ތިމާވެއްޓާއި ގުޅުން ހުރި މަސައްކަތްތަކަށް އަމާޒު ކުރައްވައިގެން ކަމަށެވެ.

އަސްލަމް ވިދާޅުވީ ރައީސް ނަޝީދު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އައްޑުއަށް ވަޑައިގަންނަވަން ނިންމެވީ އެމަނިކުފާނުގެ އަރިހުން ގިނަ އަދަދެއްގެ އައްޑޫގެ ރައްޔިތުން އެކަމަށް އެދިފައިވާތީ ކަމަށެވެ. އަދި އެކަމުގައި އެހެން ވިސްނުން ފުޅެއް ނެތް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވީ ރައީސް ނަޝީދު އެ ވާހަކަފުޅުތައް ދެއްކެވީ ރާއްޖޭގައި ވަކި ބައެއްގެ އަސްކަރީ ހަރަކާތްތަކަކަށް ޖާގަ ދިނުމަށް ފަހިކޮށް ދިނުމަށް ނޫން ކަމަށެވެ. އިބްރާހީމް ދީދީ ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތަކީ ސަލާމަތީ ކަންކަމުގައި ވެސް ވަކި ގައުމަކަށް ބަރޯސާ ނުވެ އޮތުމެވެ. އެހެންކަމުން އެފަދަ ކަމަކަށް ފުރުސަތެއް ނުދެއްވާނެއެވެ. އިބްރާހީމް ދީދީއަކީ އާ ސަރުކާރު އެކުލަވާލުމުގައި ޑިފެންސް ކޮމިޓީގައި ވެސް އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ހިޔާލު

އަޙްމަދު

ނަޝީދު ވަރަށް މަޅިޖަހަން އެބަ އުޅޭ. އެނާ ބޭނުންބަޔަށް މިފަހަރު މަޖްލީސް ގޮނޑި ލިބޭނީ. އެއީ މިކުޅިގަނޑު ކުޅެން. އިރާދަ ކުރެއްވިއްޔާ ތިކަމެއްނުވާނެ.

ގލޅ

ނަޝީދުގެ ވާހަތައް ތަހްޤީޤު ކުރުމަށް ގޮވާލެމެވެ

ޢަހްމަދު

ހަމަ އަންތަރީސް ވެއްޖެ. ހަމަ އެކަނި މާލޭގަ ބާ އޮފީސް ތައް ހުންނަން ޖެހެނީ؟

hameed mohamed

ލާހިކެއްނުވާނެ ތިކަންކުރާކަށް

އުތީމުރަދުން

ނުވާނެ ތިކަމެއް ލާހިކެއްނޫން ހއ ހދ ދުވާފަރު ދަންޑަހެލު މެންފަދަ ބޭފުޅުންގެ ދަރިފަސްކޮޅު މިރާއްޖޭގެ އެންމެވެލިފުކެއްވެސް ފަރަންޖީ ކާފަރުންނައް ދިޔަކަ ނުދޭނެ އައްޑޫގެ ފަސްގަނޑު ހިމާޔަތްކުރާނެ އެކަމާ ދެކޮޅު މީހުން ޖެހޭނީ ފައިބަން ތީވަރައްބޮޑު އޮޅުމެއް އެކަން ކުރަން ހިޔާލު ކުރުމަކީވެސް

ޢަލީ

ޢަހަރެމެން ދިރިތިއްބާ ލާހިކައެއްނޫން. ޢެހިސާބަށް ކަންތައްގޮސްފިނަމަ އިބުރާހިމް ދީދީ އެއް އަސްލަމް އަކަށް އަހަރެމެން ނުބަލާނަން