Review Kuraa Hukumah Raees Nasheedge Faraathun Supreme Court ah Javaabu Hushahalhaifi
image
0 ކޮމެންޓް
 

ރިވިއު ކުރާ ހުކުމަށް ނަޝީދުގެ ފަރާތުން ސްޕްރީމް ކޯޓަށް ޖަވާބު ހުށަހަޅައިފި

ޕްރޮސެކިއުޓާ ޖެނެރަލްގެ އެދިލެއްވުމަށް ސްޕްރީމް ކޯޓުން ރިވިއު ކުރަން ފައްޓާފައިވާ ރައީސް މުހައްމަދު ނަޝީދުގެ ޖަލު ހުކުމްގެ މައްސަލައަށް އެމަނިކުފާނުގެ ފަރާތުން ޖަވާބު ހުށަހަޅައިފިއެވެ.
ރައީސް ނަޝީދުގެ ފަރާތުން ސްޕްރީމް ކޯޓަށް ޖަވާބު ހުށަހެޅި އެމަނިކުފާނުގެ ދެ ލޯޔަރުން ކަމަށްވާ ހިސާން ހުސައިނާއި އިބްރާހިމް ރިފްއަތުއެވެ. ހިސާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ލިއުމުން ސްޕްރީމް ކޯޓަށް ޖަވާބު ހުށަހެޅިފައިވާ ކަމަށެވެ.


ރައީސް ނަޝީދުގެ މައްސަލަ ރިވިއު ކުރުމަށް ސްޕްރީމް ކޯޓުން ނިންމި ނަމަވެސް އަދި އެ މައްސަލާގައި އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް ފަޓާސް ބަރިއެއްހެން އިއްވާފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރި ކަމަސް ބުނާ މައްސަލާގައެވެ. އެ މައްސަލައަށް ޝަރީއަތުގެ ތިން މަރުހަލާއިން އަވަސް އަރުވާލައިގެން ނިންމާލިއިރު ރައީސް ނަޝީދަށް ދިފާއުވުމަށް ފުރުސަތު ދެވިފައި ނުވާ ކަމަށް ރައީސް ނަޝީދުގެ ވަކީލުން އޭރުވެސް ދިޔައީ ބުނަމުންނެވެ.

ރައީސް ނަޝީދުގެ މައްޗަށް ފުރަތަމަ ހުޅުމާލޭ ކޯޓުގައި ކުރެވުނީ އެހެން ދައުވާއެކެވެ. އެހެން ނަމަވެސް ދައުލަތުން އެ ދައުވާ އަނބުރާ ގެނެސް ޓެރަރިޒަމްގެ ދައުވާ ފަހުން ވަނީ އުފުލާފައެވެ.

ރައީސް ނަޝީދަށް ކުރެވުނު ހުކުމަކީ އިންސާފުވެރި ހުކުމެއްް ނޫން ކަމަށް ދުނިޔޭގެ ބާރުިގަދަ ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ބުނެފައެވެ. އަދި އެކަމާއި ގުޅިގެން ރާއްޖޭގައި މުޒާހަރާތަކެއް ވަނީ ކުރެވިފައެވެ.
ހިޔާލު