Jinasee furahsaaraige thuhumathuthah dhanee balamun: FM
image
ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ދަނީ ބަލަމުން: ފޮރިން މިނިސްޓްރީ
1 ކޮމެންޓް
 

ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ދަނީ ބަލަމުން: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީގެ އިސްވެރިއަކު އެތާންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށްބުނާ މައްސަލައެއް ބަލަމުން ގެންދާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އަންހެން މުވައްޒަފަށް ޖިންސީ ފުރައްސާރަކުރިކަމަށް ބުނާ މައްސަލަ ނުބަލާކަމަށް ބުނެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިންސީ ފުރައްސާރަ ކުރުމާއި ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެފަދަ މައްސަލަތައް ބެލުމަށް އެ މިނިސްޓްރީގައި އުފައްދާފައިވާ ކޮމެޓީއަށް އެފަދަ މައްސަލައެއް މިއަދު ހުށަހެޅިފައިވާ ކަމުގައެވެ.

ޖިންސީ ފުރައްސާރައިގެ އަމަލުތަކަށް ފުރުސަތު ނުދިނުމާއި އެފަދަ އަމަލުތައް ހުއްޓުވުމަށް ގާއިމް ކުރެވިފައިވާ ނިޒާމްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި މުވައްޒަފަށް ޖިންސީ ފުރައްސާރަކުރިކަމަށް ބުނާ މައްސަލަ މިހާރު ބަލަމުން ގެންދާކަމަށްވެސް ބުނެފައި ވެއެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވެމުންދާ އިރު، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ވަނީ އެ ތުހުމަތުތައް ބަލައި ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.
އެ ތުހުމަތުތަކާއި ގުޅިގެން ހާރިޖީ ދާއިރާގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެސް ދަނީ ސޯޝަލް މީޑީއާގައި ވާހަކަ ދައްކަމުންނެވެ. ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެރެޓަރީއެއްގެ މަގާމުގައި ހުންނެވި ސާލިމް ވަހީދު ވަނީ ދިވެހިރާއްޖޭގެ މުއައްސަސާތަކުގައި ޖިންސީ ފުރައްސާރައާއި ގޯނާ މާނަ ކުރަމުންދަނީ އެފަދަ އަމަލުތައް ކުރާ މީހުން ދިފާއުވާ ގޮތަށް ކަމަށާއި އެފަދަ އަމަލެއްގެ ޝިކާރައަކަށް އެއްވެސް މީހަކު ވެފައިވާ ނަމަ އެމީހެއްގެ ދިފާއުގައި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމާއި ބެހޭ ގާނޫނުގައިވާ ގޮތުން 30 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން އުޅޭ އޮފީސްތަކުގައި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމާއި ބެހޭ ކޮމިޓީއެއް އުފައްދާ އެފަދަ މައްސަލަތައް އެކޮމިޓީން ބަލަން ޖެހޭނެއެވެ.
ފޮރިން މިނިސްޓްރީ
ހިޔާލު

ޑީންތަ ނޫނީ ދީންތ؟

އިސްލާމް ދީން ހިމާޔަތް ކުރަންއައި ސަރުކާރުގެ ފޮރިންމިނިސްޓަރ އާސިމް މިކަމެއް ކުރީ😪