Roakohli mahsala aai wisam ge mahsala muraaja'aa kohdhinumah raajje tv in edhijje
image
ރޯކޮށްލި މައްސަލައާއި ވިސާމްގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް ރާއްޖެޓީވީން އެދިއްޖެ
0 ކޮމެންޓް
 

ރޯކޮށްލި މައްސަލައާއި ވިސާމްގެ މައްސަލަ މުރާޖައާ ކޮށްދިނުމަށް ރާއްޖެޓީވީން އެދިއްޖެ

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ މުރާޖަޢާކޮށް ކޮށްދިނުމަށާއި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިޝާމްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ދަށުކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފަށް ހުށައަޅާފައިވާ މައްސަލަ ވެސް މުރާޖައާކޮށް އަނބުރާ ގެނައުމަށްވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އައިޝަތު ބިޝާމްއަށް ހުށަހަޅައިފިއެވެ. muni
ރާއްޖެ ޓީވީ ހިންގާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ސްޓޭޝަން ރޯކޮށްލި މައްސަލަ މުރާޖައާ ކޮށްދިނުމަށާއި ވިޝާމްގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެނައުމަށް އެދިފައިވަނީ މިއަދު ޕީޖީ އޮފީހާއިއެކު ބޭއްވި ބައްދަލުވުމެއްގައި ކަމުގައެވެ.

ރާއްޖެޓީވީ ރޯކޮށްލީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުގެ ރެއެވެ.

ވިޝާމްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މުޒާހަރާއެއްގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމަށް ބުނެ ކުރި ދައުވާއަކާއި ގުޅިގެންނެވެ.


ހިޔާލު