Henveiru gai alah ufedhey dhaaira ah hassan latheef kurimathi lahvanee
image
ހެންވޭރުގައި އަލަށް އުފެދޭ ދާއިރާއަށް ހަސަން ލަތީފް ކުރިމަތި ލައްވަނީ
2 ކޮމެންޓް
 

ހެންވޭރުގައި އަލަށް އުފެދޭ ދާއިރާއަށް ހަސަން ލަތީފް ކުރިމަތި ލައްވަނީ

ހެންވޭރުގައި އަލަށް އުފެދޭ އިންތިހާބީ ދާއިރާއަށް އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވާދަ ކުރެއްވުނަށް ނިންމަވައިފިއެވެ. dhi2
ހަސަން މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ކަމުގައެވެ.
މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޓިކެޓް ލިބޭނީ ޕްރައިމަރީ ކާމިޔާބުކުރާ ފަރާތަކަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ހަސަން ނިންމެވި ނަމަވެސް ހެންވޭރުގައި އަލަށް އުފެދޭ ދާއިރާގެ ނަން އިލެކްޝަންސް ކޮމިޝަނުން އަދި އާއްމުކޮށްފައެއް ނުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ހެންވޭރާއި މައްޗަންގޮޅިއަށް ދާއިރާއެއް އިތުރު ކުރާނެ ކަމުގައެވެ.

ހެންވޭރުގައި މިހާރުވެސް އިންތިހާބީ ހަތަރު ދާއިރާ ހިމެމެއެވެ. އެއީ ހުޅުހެންވޭރު ދާއިރާއާއި ހެންވޭރު އުތުރު ދާއިރާއާއި މެދުހެންވޭރު ދާއިރާގެ އިތުރުން ހެންވޭރު ދެކުނު ދާއިރާއެވެ.
އެމްޑީޕީ
ހިޔާލު

ބިގަރޭ

ރައީސް ނަޝީދު ސަރުކާރުގެ އެންމެ ވަނދު ކެބިނެޓް މިނިސްޓަރު އަދި އެމްޑީޕީގެ އެންމެ ހަރަކާތްތެރިކަން ކުޑަ ޗެއާޕާސަން. އެހެންވީމަ ރައްޔިތުންގެ މަޖިލިހަށް ކުފޫހަމައެއްނުވޭ.

ލަކޫ

މާލޭގައި ހިޖުރަވެރިންގެ ދަފުތަރެއް ހަދައިގެން ބޯގިނަކޮށްގެން ގޮޑި އިތުރު ކުރުމަކީ މާލޭގެ އާބާދީ ބޮޑުވެގެން މާލެޔަށް އުފަންވާ ގޮޑިތޯ ؟ ބަލަ މާލެޔަށް ހިޖުރަކުރަން މަޖުބޫރު ކުރުވަނީ ސިޔާސީ މީހުން އެމީހުންގެ މަންފާޔަށް ސިޔާސީ ވަފާތެރި ކެހިވެރިން !