Vote karudhaas thah nahthaali mahsalaigai PPM ge faadu kiun fuluhun nah
image
ވޯޓް ކަރުދާސްތައް ނައްތާލި މައްސަލާގައި ޕީޕީއެމްގެ ފާޑުކިއުން ފުލުނުންނަށް
1 ކޮމެންޓް
 

ވޯޓް ކަރުދާސްތައް ނައްތާލި މައްސަލާގައި ޕީޕީއެމްގެ ފާޑުކިއުން ފުލުނުންނަށް

ނިމިދިޔަ ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަނުން ވޯޓް ކަރުދާސްތައް ނައްތާލި މައްސަލާގައި ޕީޕީއެމުން ފުލުހުނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ. dhi2
ވޯޓް ކަރުދާސްތައް ނައްތާލިކަން އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވަނީ މި ހަފްތާގައެވެ. އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފްވަނީ މި ހަފްތާގައި ފުލުސް އޮފީހަށް ހާޒިރުވެސް ކޮށްފައެވެ.

ޝަރީފް ވިދާޅުވީ ވޯޓާއި ގުޅޭ މައްސަލައެއް ބަލަމުން ގެންދާކަން ފުލުހުން އެކޮމިޝަނަށް އަންގާފައި ނުވާ ކަމުގައެވެ. އަދި ވޯޓް ކަރުދާސްތައް ނައްތާލާފައިވަނީ ކަރުދާސްތައް ބެހެއްޓުމަށް ގާނޫނުން ލާޒިމް ކުރާ މުއްދަތައް ވުރެވެސް އެއް ހަފްތާ ފަހުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިމައްސަލާގައި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ވޯޓާއި ގުޅޭ ގޮތުން އެޕާޓީން ހުށަހެޅި މައްސަލަ ބެލުމަށް ފުލުހުން ނުކުޅެދިފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެކަން އިލެކްޝަންސް ކޮމިޝަނަށް އެނގިފައި ނުވީ ނަމަވެސް ކަރުދާސްތައް ނައްތާލެވިގެން ނުވާނެ ކަމުގައެވެ. ސަބަބެއްކަމަށް އަބްދުއްރަހީމް ވިދާޅުވީ ކޯޓް ކަރުދާސްތައް ބަލަހައްޓަމުން ގެންދަނީ އިލެކްޝަންސް ކޮމިޝަނާއި ފުލުހުންވެސް ގުޅިގެން ކަމަށް ވުމެވެ.

ކޯޓް ކަރުދާސްތައް ބަލަހަށްޓަމުން ގެންދާ ފަރާތުގެ ތެރޭހައި ފުލުހުން ހިމެނޭއިރު އަދި ޕީޕީއެމުން ހުށަހެޅި މައްސަލަ ބަލަންޖެހޭ ފަރާތަކީ ފުލުހުންކަމަށް ވާއިރު މައްސަލައާއި ގުޅުންހުރި އެއްޗެއް ނައްތާލެވިގެން ނުވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ސިފަކުރެއްވި ގޮތުގައި ވޯޓް ކަރުދާސްތައް ނައްތާލުމަކީ ހުށަހެޅުނު މައްސަލައިގެ ހެކި ނައްތާލުމެވެ. އަދި ހެކި ނައްތާލިއިރު އެކަން ކުރި ސަބަބު ފުލުހުން ސާފުކޮށްދޭން ޖެހޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ހިޔާލު

ޚާސިމް

ޢަދުރޭ ތިހުރީ މިހާރު އޮފްވެއްޓިފަ.ފުލުހުން ނުޖެހޭ އަދުރޭ ދެކޭގޮތައް ކަންކަން ކުރާކަށް.