Addu dhathurufulhah fahu raees nasheed male vadaigannavaifi
image
އައްޑޫ ދަތުރުފުޅަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގަންނަވައިފި
0 ކޮމެންޓް
 

އައްޑޫ ދަތުރުފުޅަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގަންނަވައިފި

މިދިޔަ އަންގާރަ ދުވަހު އައްޑޫ ސިޓީއަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސް ނަޝީދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން އެ ސިޓީން ގިނަ ބަޔަކު މަރުހަބާ ދަންނަވާފައިވާއިރު އައްޑޫ ސިޓީގެ ހުރިހާ ރަށަކަށްވެސް ރައީސް ނަޝީދު ވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ އޮފީހެއްވެސް އައްޑޫ ސިޓީގައި ހުޅުއްވާ ދެއްވާފައެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގައި މިހާރު ހިންގަމުން ގެންދާ ބައެއް މަޝްރޫއުތައްވެސް ބައްލަވާލެއްވިއެވެ.
ހިޔާލު