Party badhalu kuriyas corruption aai hiyaanaathuge mahsalathah belen jeheyne: Iliyas
image
ޝައިޚް އިލިޔާސް
3 ކޮމެންޓް
 

ޕާޓީ ބަދަލުކުރިޔަސް ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަން ބެލެންޖެހޭނެ: އިލިޔާސް

ޕާޓީ ބަދަލުކުރި ނަމަވެސް ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި މައްސަލަތައް ބެލެން ޖެހޭނެކަމަށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލިޔާސް ހުސައިން ވިދާޅުވެއްޖެއެވެ. leaward
ޝައިޚް އިލިޔާސް މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވިޓެއްގައެވެ.
ޝައިޚް އިލިޔާސް ވިދާޅުވީ ޕާޓީ ބަދަލުކުރި ކަމުގައިވީ ނަމަވެސް ކޮރަޕްޝަނާއި ބޮޑެތި ހިޔާނާތުގެ އިންސާފުވެރި ގޮތަކަށް ބެލެން ޖެހޭނެ ކަމުގައެވެ.

މީގެ އިތުރުން އެއްވެސް ބަޔަކަށް އިންސާފުން ރެކިގެން ދެވިގެން ނުވާނެ ކަމަށާއި އެހެން ނޫންނަމަ ދުވަހަކުވެސް ގައުމަށް އަމާންކަމާއި ހަމަޖެހުމެއް ނުލިބޭނެކަމަށް ޝައިޚް އިލިޔާސް ވިދާޅުވިއެވެ.

ޝައިޚް އިލިޔާސް މިހެން ވިދާޅުވިއިރު ރިޔާސީ އިންތިހާބަށްފަހު ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ތިބި އަދި ރައީސް ޔާމީނަށް ތާއީދުކުރާ ބައެއް ފަރާތްތަކުން އަންނަނީ ރާގު ބަދަލުކޮށް ރިޔާސީ އިންތިހާބު ކާމިޔާބުކުރި ކޯލިޝަންގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ.
ހިޔާލު

އިބޫ

ިނަ ހީކުރަނީ ކޯޅިސަނުގަ ކުރިއްސުރެ ތިބީ ހުދުކާފޫރު ކަމަށްތަ؟ ނޫނީ ހުސް އަމާނާތްތެރިން ކަމަށްތަ؟ އިބޫ ސަރުކާރުން 5 އަހަރު ވަންދެން ބަލައިދޯބަލަ މި އިލްޔާސް އާމްދަނީ ހޯދުމަށް ކުރާ ހުރިހާ މަސަެްކަތުގެ ތަފްޞީލް!

ވާރުތަ

ބެލެން ޖެހޭނެ. އެހެން ނޫނީ މިކަމަށް ނިމުމެއް ނެތް.

އައިސް

ހެހެ އަތަށް ގޮވަނީ