Dhathugai Rissa Nama Miee Geygai Dhevidhaane Faruvaa eh
image
ދަތުގައި ރިއްސާ ނަމަ މިއީ ގޭގައި ދެވިދާނެ ފަރުވާއެއް!--
0 ކޮމެންޓް
 

ދަތުގައި ރިއްސާ ނަމަ މިއީ ގޭގައި ދެވިދާނެ ފަރުވާއެއް!

ކޮންމެ ދުވަހަކު ދަތް އުނގުޅުމާއި، އަހަރަކު އެއް ފަހަރު ޑެންޓިސްޓަށް ގޮސް ދަތް ދެއްކުމުގެ މުހިއްމުކަން ޑޮކްޓަރުން އަބަދުވެސް ފާހަގަކުރެ އެވެ. ނަމަވެސް ދަތަށް ދޭންވާން ވަރަށް އަޅާލުން ނުލިބުމުގެ ސަބަބުން ދަތް ހަލާކުވެ ދަތުގައި ރިއްސުމަކީ ވަރަށް އާންމު ކަމެކެވެ. ދަތުގައި ރިއްސާނަމަ ގޭގައި ދެވޭނެ ފަރުވާ ހުރެއެވެ. Dhiraagu
ދަތުގައި ރިއްސާ ނަމަ މިއީ ގޭގައި ދެވިދާނެ ފަރުވާތައް:
ހޫނު ފެނުން އަނގަ ދޮވުން
ބޭނުން ކުރާނެ ގޮތް: ހޫނު ފެނުގެ ތެރެއަށް ދެތިން ސަމްސާ ލޮނު އެޅުމަށް ފަހު ރަނގަޅަށް ގިރުވާލާނީއެވެ. އަދި ފެން ތާފަނާވުމުން އަނގަ ރަނގަޅަށް ދޮވެލާނީއެވެ. ދަތުގައި ރިއްސުން ރަނގަޅުވަދެން މިކަންތައް ދުވާލަކު ދޭއް ނުވަތަ ތިން ފަހަރު ކުރެވިދާނެއެވެ.

ކަރަންފޫ ޖެހުން ނުވަތަ ކަރަންފޫ ތެޔޮ އުނގުޅުން
ބޭނުން ކުރާނެ ގޮތް: ރިއްސާ ދަތުގައި ކަރަންފޫ އެއް ޖެހިދާނެއެވެ. އޭގެ އިތުރުން ކަފަކޮޅެއްގެ ތެރެއަށް ކަރަންފޫ ތެޔޮ އެޅުމަށް ފަހު ރިއްސާ ދަތް މަތީގައި ބާއްވާލެވިދާނެއެވެ. އަދި ރިއްސުން ރަނގަޅު ވުމުން އަނގަ ރަނގަޅަށް ދޮވެލާށެވެ.

ފިޔާ ނުވަތަ ލޮނުމެދު ހެފުން
ބޭނުން ކުރާނެ ގޮތް: ފިޔާ ކޮޅެއް ނުވަތަ ހޮނުމެދު ކޮޅެއް ކޮށާލުމަށްފަހު ދަތުގެ ރިއްސާ ފަޅިން އެފިޔާކޮޅު ނުވަތަ ލޮނުމެދުކޮޅު ހަފާށެވެ. އަދި ރިއްސުން ރަނގަޅު ވުމުން އެތަކެތި އުކާލުމަށްފަހު ރަނގަޅަށް އަނގަދޮވެލާށެވެ.

މިކަންތައް ތަކުގެ އިތުރުން، ގަވާއިދުން ދަތް އުނގުޅައި، ދަތް "ފްލޮސް" ކުރުމާއި، "މައުތު ވޮޝް" އިން އަނގަތެރެ ދޮވުމަކީ ވެސް ދަތާއި، ހިރުގަނޑުގެ ދުޅަހެޔޮކަމަށް ކުރުން މުހިއްމު ކަންކަމެވެ.
ހިޔާލު