'Mr Right' Nufenumun Kaiveni Kuri Amilla Nafsa
image
ލައުރާ މެސީ---
0 ކޮމެންޓް
 

'މިސްޓާ ރައިޓް' ނުފެނުމުން ކައިވެނި ކުރީ އަމިއްލަ ނަފްސާ

އިޓަލީގެ އަންހެނަކު އިންނާނެ ރަނގަޅު މީހެއް ނުލިބުމުން އަމިއްލަ މީހާއާ ކައިވެނިކޮށްފިއެވެ.
އުމުރުން 40 އަހަރުގެ ލައުރާ މެސީ އަކީ އިޓަލީގެ ފިޓްނަސް އިންސްޓްރަކްޓަރެކެވެ. ލައުރާ ވަނީ އިންނާނެ ރަނގަޅު މީހެއް ނުފެނިއްޖެ ނަމަ އަމިއްލަ މީހާ އާ ކައިވެނިކުރާނެ ކަމަށް މިގެ 20 އަހަރު ކުރިން ބުނެފައެވެ. އަދި 29 އަހަރަށް ފަހު ރަނގަޅު މީހެއް ނުލިބުމުން އޭނާ ވަނީ އަމިއްލަ މީހާ އާ ކައިވެނިކޮށްފައެވެ.

ލައުރާ ބުނިގޮތުގައި އޭނާ ވަނީ މީގެ ކުރިން އާއިލާ އަދި ރަހުމަތްތެރިން ކައިރީ އެވާހަކަ ބުނެފައެވެ. ކައިވެންޏަށް ޖުމްލަ އެއްލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު މިހަރަދުތައް ކޮށްފައިވަނި ހުދުކުލައިގެ ކައިވެނީގެ ހެދުމަކަށާއިއި، ހާއްސަ އަނގޮއްޓިއަކަށާއި، އަދި ހުދުކުލައިގެ ބޮޑު ކޭކަ ކަށެވެ. އަދި ކައިވެންޏަށްފަހު ހަނީމޫނަށް އީޖިޕްޓަށް ދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.ޖުމްލަ 70 މެހެމާނުން ކައިވެންޏަށް އައިސްފައިވާއިރު ލައުރާ ވަނީ ކައިވެންޏަށް ފަހު ވެސް މިސްޓާ ރައިޓް ފެނިއްޖެނަމަ އަމިއްލަ މީހާއާ ވަރިވެ އެފިރިހެންމީހާ އާ ކައިވެނިކުރާނެ ކަމަށް ބުނެފައެވެ.
މީހުން
ހިޔާލު