Velezinee Bandhuge Muhdhathu Ithuru Nukoh, IGMHgai Faruvaa Dhenee
image
ވެލެޒިނީ---
2 ކޮމެންޓް
 

ވެލެޒިނީގެ ބަންދު އިތުރު ނުކޮށް، އައިޖީއެމްއެޗުގައި ފަރުވާ ދެނީ

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު އައިޝަތު ވެލެޒިނީ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ނުގެންދަން ނިންމުމަށް ފަހު އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފިއެވެ.
ސީއެންއެމަށް އެނގިފައިވާ ގޮތުގައި ބަންދުގެ މުއްދަތު އިތުރު ކުރަން ވެލެޒިނީ ކޯޓަށް ނުގެންދަން ނިންމިކަން ފުލުހުން ވަނީ ވަކީލުންނަށް އަންގާފައެވެ. މައުލޫމާތު އެނގި ހުރި މީހަކު ބުނި ގޮތުގައި ފުލުހުން އެގޮތަށް ނިންމީ ވެލެޒިނީގެ ސައިކެޓްރިކް އިވެލުއޭޝަނެއް ހަދައި ބެލުމަށްފަހު އޭނާއަށް ފަރުވާ ދޭން ޖެހޭ ކަމަށް ލަފާ ލިބުމުންނެވެ.

އެނގިފައިވާ ގޮތުގައި ވެލެޒިނީގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ދޭއް ޖަހާއިރު ގެންދިއުމަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް ކޯޓަށް ގެންދިއުމުގެ ބަދަލުގައި ފުލުހުންވަނީ ވެލެޒިނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.

މި ހަބަރާއި ގުޅިގެން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުރުމަށްފަހު ވެލެޒިނީ ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ. ވެލެޒިނީ ރާއްޖެ އައުމާއެކުހެން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

ވެލެޒިނީ ރާއްޖެއިން ބޭރުގައި ހޭދަ ކުރި ދުވަސްތަކުގައި ފޭސްބުކް މެދުވެރިކޮށް އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކުރިއެވެ. އެކަމާއި ގުޅިގެން އޭނާ މުރުތައްދުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އިރު އޭނާގެ ހާލަތު ވަޒަންކޮށް، އެގޮތަށް ކަނޑައެޅުމުގެ ކުރިން އެއްވެސް ކަމެއް ބަލާފައި ނުވާ ކަމަށް ބުނެ ފާޑު ކިއުންތައް އަމާޒުވެފައިވެއެވެ.
ހިޔާލު

ލަކޫ

ވެލެޒިނީ އާއި އެހެނިހެން ބަލި މީޙުނަށް އަވަސް ޝިފާޔަކަށް އެދެން ! ހެއުވިސްނުމާއި ބުއްދި ސަލާމަތް ކޮށްދެއްވާށި !

ޕާޕަރު

ސިކުނޑި ހަމަނުޖެހޭ އެތަބަޔަކު މި ރާއްޖޭގެ އެބައުޅޭ .. އެތަނުން 2މީހަކު ހެއްދެވި ފަރާތަށާއި ކީރިތި ރަސޫލާއަށް ކުޑައިމީސްވީ .. އެކަކީތީ އަނެކަކުވާހަކަ ބުނާކަށްނެތިން...