Fiyaathoshi Javaahireh Record Agakah Vikkaalaifi
image
50 މިލިޔަން ޑޮލަރަށް ވިއްކާލި ފިޔާތޮށި ޖަވާހިރު.-- ފޮޓޯ: އޭއެފްޕީ/ގެޓީ
0 ކޮމެންޓް
 

ރެކޯޑް އަގަކަށް، ފިޔާތޮށި ޖަވާހިރެއް ވިއްކާލައިފި

ފިޔާތޮށި ޖަވާހިރެއް، ރެކޯޑް އަގެއް ކަމަށްވާ 50 މިލިޔަން ޑޮލަރަށް ވިއްްކާލައިފި އެވެ. (މިއީ ރާއްޖޭގައި ތަރައްގީ ކޮށްފައިވާ ބައެއް ރިސޯޓުތަކުގެ އަގާ އެއް ވަރެއްގެ އަގެކެވެ.)
"ޕިންކް ލެގަސީ"ގެ ނަމުގައި މަޝްހޫރުވެފައިވާ ޖަވާހިރު ވިއްކާލީ ޖެނީވާގައި ބޭއްވި ނީލަމެއްގަ އެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބުނު ނީލަމުގައި، 19 ކެރެޓުގެ ޖަވާހިރު ގަނެފައިވަނީ އެމެރިކާގެ މަޝްހޫރު ބްރޭންޑް ހެރީ ވިންސްޓަނުންނެވެ.

ޔޫރަޕްގެ މަޝްހޫރު ނީލަން ކުންފުނި، ކްރިސްޓީސް އިން ބުނީ ޕިންކް ލެގަސީ ވިކުނު އަގަކީ މީގެ ކުރިން ފިޔާތޮށި ޖަވާހިރެއް ވިކިފައި ނުވާވަރުގެ ބޮޑު އަގެއްގައި ކަމަށެވެ. އެގޮތުން ޕިންކް ލެގަސީގެ އަގު 50 މިލިޔަނަށް އެރުމުން އެއީ ކެރެޓަކަށް 2.6 މިލިޔަން ޑޮލަރެވެ.

ނީލަމުގެ ކުރިން އެ ޖަވާހިރު އަގުކޮށްފައި އޮތީ 30-50 މިލިޔަނާ ދެމެދުގަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ނީލަމަށް ހާޒިރު މީހުންނަށް އެ ޖަވާހިރު ދައްކާލީ ނީލަން ފެށެން ފަސް މިނެޓަށް ވެފައި އޮއްވަ އެވެ.

ޖަވާހިރު ގަތުމަށް ފަހު، ހެރީ ވިންސްޓަނުން ވަނީ އޭގެ ނަން "ވިންސްޓަން ޕިންކް ލެގަސީ" އަށް ބަދަލު ކޮށްފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޕިންކް ލެގަސީ، ދުނިޔޭގެ އެންމެ ރީތި ޖަވާހިރުތަކުގެ ތެރޭގައި ހިމެނެ އެވެ.
ހިޔާލު