Velezini fuluhunge bandhun dhookohlaifi
image
4 ކޮމެންޓް
 

ވެލެޒިނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފި

ރަސޫލުކަމަށް ދައުވާކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި، ޖުޑީޝަލް ސާރވިސްކޮމިޝަނުގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ އެޑްމިޓްކޮށް ފަރުވާދިނުމަށް ޑޮކްޓަރުން ލަފާދިނުމާއި ގުޅިގެން އޭނާ ބަންދުން ދޫކޮށްލައިފިއެވެ. leaward
ފުލުހުންބުނީ އެޑްމިޓްކޮށް ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާދީފައިވާތީ ވެލެޒިނީ ފުލުހުންގެ ބަންދުން ދޫކޮށްލާ އާއިލާއާއި ހަވާލުލޮށްފައިވާ ކަމުގައެވެ.

ފުލުހުންގެ ބަންދުން ވެލެޒިނީ ދޫކޮށްލި ނަމަވެސް ޤާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

ވެލެޒިނީ ހައްޔަރުކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުމަށްފަހު އިއްޔެ މާލެ އައުމާއި އެކުގައެވެ. ވެލެޒިނީ ހައްޔަރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުންނެވެ.

ވެލެޒިނީ ހައްޔަރުކުރުމުން އޭނާއަކީ މޮޔައެއްކަމަށްބުނެ ބައެއް ފަރާތްތަލުން ގެންދަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ. އަދި ވެލެޒިނީގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް އޭނާއަށް ދޭންޖެހޭ ސިއްހީ ފަރުވާއެއްވާނަމަ އެ ފަރުވާއެއް ލިބޭނެ އިންތިޒާމު ހަމަޖައްސާގެކަމަށް ފުލުހުންވަނީ މިއަދު ބުނެފައެވެ.

އޭނާއަކީ ނަފްސާނީ ބައްޔެއް ހުންނަ މީހެއްކަމަށް ބުނެ އޭނާ ދޫކޮށްލުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އަދި އެކަމާއި ގުޅިގެން ފުލުހުންނަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އާމާޒުވެފައިވާތީ ފުލުހުން ނެރުނު ބަޔާނުގައި ބުނީ ގާނޫނީ ގޮތުން ލިބެން ޖެހޭ އެންމެހާ ހައްގުތައް އޭނާއަށް ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނީ ވެލަޒިނީ ހައްޔަރުކޮށްފައިވަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރެވޭ މީހުންނާއި މެދު އަމަލުކުރުމަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ރަސޫލު ކަމަށް ދައުވާކޮށް އިސްލާމް ދީނުގެ އުސޫލުތަކުން ބޭރުން އެތައް ވާހަކަތަކެއް، ސޯޝަލް މީޑިއާގައި ދެއްކުމުން އޭނާއަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން ވަނީ ކަނޑައަޅާފައެވެ.

ވެލެޒިނީ ހައްޔަރުކޮށްފައި މިވަނީ އިސްލާމު ދީނަށް ފުރައްސާރަ ކޮށްފައިވާތީ ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އޭނާ އަށް ތަކުރާރުކޮށް އެންގުމަށް ފަހެވެ.
ފުލުހުން
ހިޔާލު

ނަމެއް ނެތް

ޤާނޫން އަސާސީ ގައި ބަޔާން ކުރާ ގޮތުގައި އިސްލާމް ދީނާއި ޚިލާފު ވުމަކީ ޤައުމިއްޔަތު ގެއްލޭ ކަމެއް. ވެލެޒީނީ އަކީ ދިވެއްސަކަށް ވެ ހުރެ އިސްލާމް ދީނަށް ފުރައްސާރަ ކުރި އިންސާނަކު. އެހެން ވުމާއި އެކު ވެލެޒީނީގެ ޤައުމިއްޔަތު ނުގެއްލުވައި ތިބުމަކީ ޤާނޫނާއި ޚިލާފު ކަމެއް.

ނަން

މި ފެންނަނީ ދިވެހީންގެ ޓޮލެރޭންސާއި ހަޖަމު ކުރަން ދަސްވުމާއި ރަހުމާ އޯގާވެރިކަމުގެ ނަމޫނާ

ޑިސްޓޭންސް

ސަޅިޔެއްނު ވާހަކަހުންނަގޮތް
ބަލަގަ މީކީ ޖަޒީރާ ރާއްޖޭގެ މައްސަލައެއްކަމަށް ދެކެނީހެއްޔެވެ. ތިމީހުމް ތިޔަދަރަޖަޔަކަށް ދާން މެދުވެރިވީ ސަބަބު އެއްވެސްވަރަކަށް ވިސްނާނުލަމުހެއްޔެ ތިޔަ ދާތަޔަކު އެއްމެފުރަތަމަކޮޅަކު ދެއްކީ ކޮންވާހަކައެއްތޯ ބަލާނުލަމުހެއްޔެ މިރާއްޖޭގެ ކޯޓުތަކުގެ ކަންތައް ވިސްނާލިމީހަކު ބޯގޯސްވާވަރެއް ނުވޭހެއްޔެ.

ސަންގުމަރުމަރު

އޯ ގަދަ.
ދެން ފެނަނާނީ މުޖޫ ނައީމް ދީނަށް ގޮވާލަން ނިކުންނަތަން ކަންނޭގެ. ޔަހޫދީންގެ ފިކުރީ ދަންތުރައިގަ ރަނގަޅައް ޖެހިއްޖެ ރާއްޖޭގެ ރައްޔިތުންވެސް.
ޖަޒީރާ ރާއްޖެއަށް ވޯޓު ދިން މީހުން ދެން ބާރަށް އަތް ޖަހާ.