West ham Dhookoh Ehen Club Akah Badhaluvaan Beynun: Arnautovic
image
މާކޯ އަރްނޮޓޮވިޗް ފޮޓޯ:---
0 ކޮމެންޓް
 

ވެސްޓް ހަމްދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން ބޭނުން: އަރްނޮޓޮވިޗް

ވެސްޓް ހަމް ޔުނައިޓެޑުދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން ބޭނުންވާ ކަމަށް އެކްލަބުގެ އިތުބާރު ފޯވާޑް މާކޯ އަރްނޮޓޮވިޗް ބުނެފިއެވެ. kobadoctor
އޮސްޓްރިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މިކަން ކަށަވަރު ކޮށްދެމުން 29 އަހަރުގެ އަރްނޮޓޮވިޗް ބުނީ އޭނާ ބޭނުން ވަނީ އެންމެ މޮޅު ކުޅުންތެރިންނާއި ވާދަ ކުރަން ކަމަށާއި އެކަން ކުރުމަށް "ބޮޑު" ކްލަބަކާ އޭނާ ގުޅެން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"އަހަރެންގެ އުމުރުން 29 އަހަރު. މިއީ އަހަރެން ގަބޫލު ކުރާ ގޮތުގައި އެންމެ މޮޅު ކުޅުންތެރިންނާ ވާދަކުރަން އެންމެ ރަނގަޅު އުމުރު." އަރްނޮޓޮވިޗް ބުނެފައިވެއެވެ.

އަރްނޮޓޮވިޗް މިހެން ބުނެފައިވާއިރު އޭނާގެ އެޖެންޓް ވެސް ވަނީ ދާދިފަހުން އަރްނޮޓޮވިޗް ވެސްޓް ހަމް ދޫކޮށްލާނެ ކަމުގެ އިޝާރާތެއްކޮށްފައެވެ. "އަރްނޮޓޮވިޗްއަށް މިއީ އަދި ނިމުމެއް ނޫން. އޭނާގެ ކެރިއަރު އަދި އޮތީ ކުރިއަށް. އަހަރެން ގަބޫލު ކުރާ ގޮތުގައި މިއީ އޭނާ ކުރިއަށް ފަޔަވަޅު އަޅަންވީ ވަގުތު." އަރްނޮޓޮވިޗްގެ އެޖެންޓް ބުނެފައިވެއެވެ.

އަރްނޮޓޮވިޗް ވެސްޓްހަމް ދޫކޮށްލާނެ ކަން ކަށަވަރުކޮށް ވާހަކަ ދެއްކުމާއެކު އޭނާ ހޯދުމަށް ގިނަ ކްލަބުތަކަކުން ވަނީ މަސައްކަތް ފަށާފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަރްނޮޓޮވިޗް ވެސްޓްހަމް ދޫކޮށް ގުޅެން ބޭނުން ވަނީ އިނގިރޭސި ގަދަ ބާރު، މެންޗެސްޓާ ޔުނައިޓެޑާއެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް އަރްނޮޓޮވިޗް ޔުނައިޓެޑާ ގުޅެން އުޅޭކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ.

ސްޓޯކް ސިޓީދޫކޮށް ވެސްޓްހަމް ޔުނައިޓެޑާ ގުޅުމަށްފަހު މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރްނޮޓޮވިޗް ވަނީ މިދިޔަ ސީޒަނުގައި ކްލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީ، އެކްލަބުގެ ރަން ބޫޓު ކާމިޔާބުކޮށްފައެވެ.
ހިޔާލު