Flat liun dhookurun huttanula maadhama mendhuraai hama ah kuri ah genadhanee
image
ފްލެޓް ލިއުން ދޫކުރުން ހުއްޓާނުލާ މާދަމާ މެންދުރާއި ހަމައަށް ކުރިއަށް ގެންދަނީ
2 ކޮމެންޓް
 

ފްލެޓް ލިއުން ދޫކުރުން ހުއްޓާނުލާ މާދަމާ މެންދުރާއި ހަމައަށް ކުރިއަށް ގެންދަނީ

ހިޔާ މަޝްރޫއުގެ ދަށުން 7000 ފްލެޓް ލިބޭނެކަމަށް ބުނެފައިވާ ގިނަ ބަޔަކު ފްލެޓް ލިބޭކަމުގެ ލިއުން ހޯދުމަށް ހައުސިން މިނިސްޓްރީ ދޮށަށް ޖާވެފައި ވަނިކޮށް މިރޭ 12:00 އަށް ލިއުން ދޫކުރުން ނިންމާ ނުލެވިއްޖެނަމަށް ލިއުން ދޫކުރުން ހުއްޓާނުލާ މާދަމާ މެންދުރާއި ހަމައަށް ކުރިއަށް ގެންދާނެކަމަށް ހައުސިން މިނިސްޓްރު ޑރ މުގައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވިޓެއްގައެވެ.
މުއިއްޒު ވިދާޅުވީ މިރޭ 12:00 އަށް ލިއުން ދޫކޮށް ނުނިމިއްޖެނަމަ ހުއްޓާނުލާ މާދަމާ މެންދުރު 12:00 އަށް ލިއުން ދޫކުރުން ކުރިއަށް ގެންދާނެ ކަމުގައެވެ.
މިއަދު މެންދުރު ފަހުން ފެށިގެން އެސަރަހައްދަށް މީހުން ޖަމާވެފައިވަނީ މިރޭ 12:00 ގެ ކުރިން ލިއުން ދޫކުރާނެކަމަށް ހައުސިން މިނިސްޓަރު ޑރ މުއިއްޒު ވިދާޅުވުމުންނެވެ.

ފްލެޓް ލިބޭނެކަމުގެ ލިއުން ލިބުން ލަސްވެ އެ ސަރަހައްދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއްވެސްވަނީ ހިނގާގައެވެ. އަދި އެ ސަރަހައްދުގައި ތިބި ބައެއް މީހުންވަނީ ހިތްހަމަ ނުޖެހިގެން ހައުސިން މިނިސްޓްރީގެ ދޮރެއްގެ ބިއްލޫރިގަނޑެއްވެސް ތަޅާލާފައެވެ.
ހިޔާމަޝްރޫއު
ހިޔާލު

Moya

ގުޑްޖޮބް.

އަހްމަދު

ލިޔުން ލިބުނަސް ތިޔަ ފްލެޓްތަކަށް ވަދެވޭނީ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ތިޔައީ ސައްހަގޮތަކަށް ލިބިފަ ހުރި ލިޔުންތަކެއްކަން ކަށަވަރު ވުމުން.