Huvaakurumuge rasmiyaathah vadaiganavan raees yameen ah kerivadai nugennevi
image
ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވޯޓް ދެއްވަނީ
9 ކޮމެންޓް
 

ހުވާކުރުމުގެ ރަސްމިއްޔާތައް ވަޑައިގަންނަވަން ރައީސް ޔާމީނަށް ކެރިވަޑައި ނުގެންނެވި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއާއި ނައިބު ރައީސް ފައިސަލް ނަސީމް ހުވާކުރުމަށް މާދަމާ ބާއްވާ ރަސްމިއްޔާތައް ރައީސް އަބްދުﷲ ޔާމީން ވަޑައިނުގަންނަވާނެކަން ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މިއާޒް އަލީ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރައްޔިތުންގެ ގިނަ ބައެއްގެ ހައްގެއް ގެއްލިފައިވާކަމަސް ގަބޫލު ކުރެވޭތީއާއި، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދެމުންދާތީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައި ނުގަންނަވާނެ ކަމުގައެވެ.
މުއާޒް އިޝާރާތް ކުރެއްވީ ރިޔާސީ އިންތިހާބުގެ ވޯޓް އޮޅުވާލިކަމަށް ޕީޕީއެމުން ކުރަމުންދާ ތުހުމަތު ތަކަށެވެ.
އިންތިހާބުގެ ވޯޓް އޮޅުވާލިކަމަށް ބުނެ އިންތިހާބު ބާތިލްކޮށް ދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް މައްސަލައެއްވެސް ހުށަހެޅިއެވެ.

ނަމަވެސް އިންތިހާބު ބާތިލްކުރަން ޖެހޭފަދަ ކަމެއް ނެތްކަމަށް ސްޕްރީމް ކޯޓުންވަނީ ކަނޑައަޅާފައެވެ.

އިބްރާހިމް މުހައްމަދު ޞާލިހް ހުވާކުރުމުގެ ރަސްމިއްޔާތައް ވަޑައިނުގެންނެވުމަށް ރައީސް ޔާމީން ނިންމެވިއިރު 2013 ވަނަ އަހަރު ރައީސް ޔާމީން ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހިޔާލު

ޙުސްއަނި

ލަދުން ނުވަތަ ގޮތްދޫނުކުރުން ނުވަތަ ނުލަފާ ކަމުންނޭ ބުނަން ނޭގޭ. ބައިވެރި ނުވުމަކި ދެރަ ކަމެއް.ގައުމުގެ ކުރިމަގު ނިންމުމުގަ ރައްޔިތުންނާ އެއްކޮށް ހުރުން މުހިންމު ނަމަ ބައިވެރި ނުވާންވީ ސަބަބެއް ނެތް.

ޔަސް

އަދި ކޯޅޭސަން ގޮވާނެ ޔާމީން ވަރެއް ނެތް ދުވަސް އަންނާނެ

ހައްޖަ

ކޮންމެހެން ނުޖެހޭ ދާކަށް މިޢަދު އެތަނަށް ގޮސް މާދަން މުޒާހަރާ އަށް ނުކުންނަން އެއަކީ އަންނިއެއްނޫން

ޢަލީމު

ހިތައް އެރިއެއްޗެއް ލިޔާށެވެ. ނުޙައްޤާއި ނާއިންސާފު ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އިސްރާފުން ފުރިފައިވާ ބޮޑު ކަންދެއްކުމެއްގައި ހަރުދަނާ އެއްވެސް މީހަކު ބައިވެރިވާނެ ކަމެއް ނެތެވެ. އެހެނެއް ކަމަކު ހަވާނަފުސަށް ތަބަޢަވެވިފައިވާ ބަޔަކަށް މިކަމެއް ނުވެސްނޭނެއެވެ.

ބަހަބަރުހ

ހަސަދަވެރިކަން ހަމަބޮޑި ކިބުރުވެރިކަންވެސް އެހާމެބޮޑު

ކޭބީ

ހުކުމް ޤަބޫލްނުކޮށް ހުކުމް ކުރިމީހުން ބަންދުކުރި ދުވަސް ނިމުނީ... ދެންޖެހޭނީ ހުކުމްވެސް ޤަބޫލްކުރަން.. ޖަލަށް ލާދުވްސް ގާތްވާތީ މިހާ ތުރުތުރު އަޅާވަރުން ގޭން ނިކުންނަން ލަދުން އެއުޅެނީ... މިހާރު އެބަފެނެއެއްނު ގަޓު ހުރިވަރު

ކޭބީ

ހުތްވީ ދެން ގޭދޮރުން ބޯވެސްނުނެރޭނެ. ބޮޑާބެ...

ޜަސްގެފާނު

ސީ އެން އެމް އަށް ހާދަ ހަޖަމްނުވޭދޯ

ޖަޒރާ

ޙަޖަމު ނުވީދޯ 👎👎