Jinasee furahsaaraige thuhumathuthah asim dhogu kurahvaifi
image
އާސިމް
0 ކޮމެންޓް
 

ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އާސިމް ދޮގު ކުރައްވައިފި

ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ކުރެވޭ ތުހުމަތުތައް ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމްއަށް ދޮގު ކުރައްވައިފިއެވެ. muni
މާދަމާ އާސަރުކާރު ވެރިކަމާއި ވަހާލުވާއިރު މިނިސްޓަރުކަމަށް ގެންނެވީތީ ރައީސް ޔާމީނަށް ޝުކުރުއަދާކޮށް އަދި އާސަރުކާރަށް މަރުހަބާ ވިދާޅުވެ އާސިމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އާސިމްގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް އިންކާރު ކުރައްވާ ކަމުގައެވެ.
ނަމަވެސް އެކަމާއި ގުޅިގެން އިތުރު އެއްޗެއް އާސިމް ވިދާޅެއް ނުވެއެވެ.

އާސިމްގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި އާސިމްގެ މައްޗަށް އެފަދަ ތުހުމަތުތަކެއް ކުރެވޭއިރު މަޤާމުގައި ދެމި ހުންނަވާތީ ރާއްޖެއިން އެހެން ބައެއް ގައުމުތަކަށް ކަނޑައަޅުއްވާފައިވާ ސަފީރުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް އެ މިނިސްޓްރީގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލާގައި އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަހްމަދު މުހައްމަދުވެސް ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަމަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވެނީ ސީދާ ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމްއަށް ކަމަށާއި އެހެންކަމުން މައްސަލަ މިނިވަންކޮށް ތަހުގީގު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންވެސް މިނިސްޓަރ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާކަމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުހައްމަދު ހުސެއިން ޝަރީފުވެސް ވިދާޅުވިއެވެ.

މުންދު ކުރިން ސީއެންއެމްއަށް މިމައްސަލާގައި ވިދާޅުވީ މިމައްސަލައަކީ ދުވަސްތަކެއް ވެފައިވާ މައްސަލައެއް ކަމަށާއި ފޮރިން މިނިސްޓްރީފަދަ ބައިނަލް އަޤްވާމީ މުއާހަދާތަކުގައި ސޮއިކޮށް ރާއްޖެ ތަމްސީލް ކުރުމަށް ބޭރު ދުނިޔޭގައި ހަރަކާތްތެރިވާ ވުޒާރާއެއްގެ ވެރިއަކާއިމެދު މިފަދަ ތުހުމަތު ތަކެއް ނުރެވުމަކީ ވަގުތުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނޭ ކަމެއްކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ މައްސަލަ ތަހުގީކު ކުރުމަށް ކޮމެޓީއެއް އުފެއްދީވެސް މިނިސްޓްރީގެ ވެރިންގެ އެގި ގްރޫޕްތަކުގައި އެމައްސަލައިގެ ކަންބޮޑުވުން ފާޅުކޮށް އެތައް ވާހަކަތަކެއް ދެއްކި ފަހުން ކަމުގައެވެ. ނަމަވެސް މިނިސްޓަރު އެ ގްރޫޕްތަކުގައި އިންނަވާ އެއިން އެއްވެސް ވާހަކައަކަށް ޖަވާބު ނުދެއްވާކަމަށް މުންދު ވިދާޅުވިއެވެ.

"ދެން ކުއްލިއަކަށް މިނެރުނީ ބަޔާނެއް. ބަޔާނުގަ މިއޮންނަނީ ފޮރިން މިނިސްޓްރީގެ ވެރިއަކު އަންހެން މުވައްޒަފަކާއި ޖިންސީ ގޯނާކުރި މައްސަލަ ކަމާބެހޭ ކޮމެޓީއަށް ހުށަހަޅާ ބަލަމުން ގެންދާކަމަށް. ފޮރިން މިނިސްޓްރީއަކީ ވަރަށް ގިނަ ވެރިން ތިއްބަތާތަނެއް. މިނިސްޓަރާއި އެއް ފެންވަރުގައިވެސް އެބަތިއްބަވާ އެތައް ވެރިއެއް. އޭގެ ދަށުން ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި އެފެންވަރުގެ އެހެން ވެރިންވެސް އެބަތިއްބަވާ، މިކަހަލަ ތަނެއްގައި ވެރިއަކު ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭބުނެ ބަޔާނެއް ނެރުނީމަ އިނގިލި އެދިއްކުރެވެނީ އަޅުގަނޑުމެން އެންމެނަށް. އަޅުގަނޑުމެން ދެ ދުވަސް ވެއްޖެ އެ ބަޔާން ބަދަލުކޮށްދޭށޭ ދަންނަވާތާ. އަދިވެސް ބަދަލެއް ނުކުރޭ" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ސީދާ މިނިސްޓަރަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި "އިސްވެރިއެކޭ" ބުނެ ބަޔާން ނެރުމުން މިނިސްޓްރީގެ އެހެން ވެރިންނަށް އިނގިލި ދިއްކުރެވި ފޮރިން މިނިސްޓްރީގެ އެހެން ވެރިން ބަދުނާމު ވުމުގެ ފުރުސަތު އޮންނާނެ ކަމުގައެވެ.

މީގެ އިތުރުން ޖިންސީ ގޯނާގެ މައްސަލަ ބެލުމަށް އުފައްދަން ޖެހޭ ކޮމެޓީއަކީ 2014 ވަނަ އަހަރުން ފެށިގެން އޮންނަން ޖެހޭ ކޮމެޓީއެއް ކަމަށާއި ނަމަވެސް މިނިސްޓަރަށް ތުހުމަތު ކުރެވޭ މައްސަލަ ފޮނުވާފައިވާ ކޮމެޓީ އުފައްދާފައިވަނީ މިމަހުގެ ހަ ވަނަ ދުވަހު ކަމަށް މުންދު ވިދާޅުވިއެވެ. މުންދު ވިދާޅުވީ ކުރިން ކޮމެޓީއެއް އުފެއްދިކަމެއް ނުވަތަ ނޫންކަމެއްވެސް ސާފު ނުވާ ކަމުގައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ކޮމެޓީއަކީ ޖޫނިއަރ ސްޓާފުންގެ މައްސަލަތައް ބަލަން ޖެހޭ ކޮމެޓީއެއް. ތަނުގެ އެންމެ އިސްވެރިއާއަށް ކެބިނެޓް މިނިސްޓަރަށް ތުހުމަތު ކުރެވޭ މައްސަލައެއް މިނިސްޓަރު މަޤާމުގައި ހުންނަވައިގެން އިންސާފުވެރިކޮށް ބެލޭނެކަމަކަށް އަޅުގަނޑު ބަގޫލެއް ނުކުރަން. މިނިސްޓަރަށްވެސް އޮންނާނެ މިނިސްޓަރުގެ ކުށެއްނެތިއްޔާ އެކަން ސާބިތުކޮށް ދިނުމުގެ ހައްޤު. އެކަން ކުރެވޭނީވެސް އަޅުގަނޑު ގަބޫލުކުރާގޮތުގައި މިނިސްޓަރު މިވަގުތު އިސްތިއުފާ ދެއްވައިގެން" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ އަނިޔާ ލިބުނު ކަމަށް ބުނާ މީހާއަށްވެސް ބިރެއްނެތި ކޮމެޓީގަިއ ވާހަކަ ދެއްކެން ޖެހޭކަމަށާއި ކޮމެޓީގައި ތިއްބެވި ބޭފުޅުންނަށްވެސް ނުފޫޒެއްނެތި މައްސަލަ ބެލެންޖެހޭކަމަށް ގަބޫލުކުރައްވާ ކަމުގައެވެ. އެހެން ކަމުން އެކަމަށް ފުރުސަތު ދިނުމުގެ ގޮތުންވެސް މިނިސްޓަރު މިވަގުތު ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާކަމަށް ގަބޫލު ކުރައްވާކަމަށް މުންދު ވިދާޅުވިއެވެ.
ހިޔާލު