Huvaa kurumuge rasmeiyaathugai 46 gaumeh ge official in baiverive vadaiganavaa
image
އިންތިހާބީ ރައީސް އާއި ނައިބު ރައީސް
0 ކޮމެންޓް
 

ހުވާކުރުމުގެ ރަސްމިއްޔާތުގައި 46 ގައުމެއްގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއާއި ނައިބު ރައީސް ފައިސަލް ނަސީމް މާދަމާ ހުވާކުރުމުގެ ރަސްމިއްޔާތުގައި 46 ގައުމެއްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނީ މީގެ ކުޑައިރުކޮޅެއްކުރިން ކޮށްފައިވާ ޓްވިޓެއްގައެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނިއިރު ބައެއް ގައުމުތަކުގެ ޑެލިގޭޝަންތައް މިއަދުވަނީ ރާއްޖެ އައިސްފައެވެ.

ހުވާކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ނަމަވެސް މޯދީ ރާއްޖެއަށް ވަޑައިގަންނަވާނީ އެއް ދުވަހުގެ ދަތުރުފުޅެއްގައި މާދަމާއެވެ.

އިންތިހާބީ ރައީސް އާއި ނައިބު ރައީސް ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު 17:00 ގައި ގަލޮޅު ރަސްމީ ދަނޑުގައެވެ.
ހިޔާލު