Manchester City Aai PSG Ah Adhabudheyn Jehey: La Liga Ge Raees
image
ލަލީގާގެ ރައީސް ހަވިއާ ޓެބަސް ފޮޓޯ:---
0 ކޮމެންޓް
 

މެންޗެސްޓާ ސިޓީއާއި ޕީއެސްޖީއަށް އަދަބުދޭން ޖެހޭ: ލަލީގާގެ ރައީސް

އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީ އާއި ފްރާންސްގެ ޕީއެސްޖީން ޔޫއެފާގެ ފައިނެންޝަލް ފެއާ ޕްލޭ (އެފް.އެފް.ޕީ) އާ ހިލާފުވެފައިވާނަމަ އެ ދެކްލަބަށް ހައްގު އަދަބު ދޭން ލަލީގާގެ ރައީސް، ހަވިއާ ޓެބަސް ޔޫއެފާއަށް ގޮވާލައިފި އެވެ. muni
ޔޫއެފާއިން ޕީއެސްޖީ އާއި ސިޓީގެ އެފް.އެޕް.ޕީ މައްސަލަތައް އަލުން ބަލަން ފަށާފައިވާ މި ދަނޑިވަޅުގައި މި ދެކްލަބާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޓެބަސް ބުނީ އޭނާ ވަނީ މީގެ ދެ އަހަރު ކުރިން، ޕީއެސްޖީންނާއި ސިޓީން އެފް.އެފް.ޕީ އާއި ހިލާފަށް އަމަލު ކުރާކަން އެންމެންގެ ސަމާލު ކަމަށް ގެނެސްފައި ކަމަށާއި އެހެންކަމުން މިހާރު މިކަން ފަޅާއެރުމުން އޭނާ ހައިރާނެއް ނުވާ ކަމަށެވެ.

"އަހަރެން މިކަން މީގެ 2 އަހަރު ކުރިން ހާމަ ކުރިން. މިހާރު މިކަން ފަޅާއެރުމުން އަހަރެން ހައިރާނެއް ނުވޭ." ޓެބަސް ބުނެފައިވެއެވެ.

ލަލީގާއަށް ނިސްބަތްވާ ބާސެލޯނާގެ ތަރި ނޭމާ ދުނިޔޭގެ ރެކޯޑު އަގަކަށް ޕީއެސްޖީއާ ގުޅުމުން ޓެބަސް ވަނީ އެފަހަރު އެކްލަބަށް އަމާޒުކޮށް ހޫނު ބަހުގެ ހަމަލާތަކެއް ދީފައެވެ. އޭނާ ވަނީ އެފަހަރު ވެސް ޕީއެސްޖީން އެފް.އެފް.ޕީއަށް މަކަރު ހަދާކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ޔޫއެފާއިން އެކްލަބާމެދު ފިޔަވަޅު އަޅާފައެއް ނުވެއެވެ.

މި މައްސަލާގައި އިތުރަށް ވާހަކަ ދައްކަމުން ޓެބަސް ބުނީ އޭނާ ދެކޭ ގޮތުގައި މި ކްލަބުތަކުން މަކަރު ހަދާފައިވާކަން ސާބިތުވެއްޖެނަމަ ދެ ކްލަބަށް ވެސް ދޭން ފެންނަ އަދަބަކީ އެއް އަހަރުގެ މުއްދަތަކަށް ޔޫއޭފާގެ މުބާރާތްތަކުން ސަސްޕެންޑު ކުރުން ކަމަށާއި މިއަދަބަކީ އެހެން ކްލަބުތަކަށް ވެސް އެފް.އެފް.ޕީއާ ހިލާފުވުމުން ދުރުވުމަށް ދެވޭ ރަނގަޅު އިންޒާރަކަށް ވެގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ އަކީ ވެސް އަރަބި ވިޔަފާރިވެރިންގެ ހިއްސާ ބޮޑު ދެ ކްލަބެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މި ދެކްލަބުން ވަނީ އެފް.އެފް.ޕީ ގަވައިދު ހުއްދަ ކުރާ މިންވަރަށްވުރެ އިތުރަށް ޓްރާންސްފާ މާކެޓުގައި ފައިސާ ހޭދަކޮށްފައެވެ.
ހިޔާލު