Smith ge bandhah 7 dhuvas jahaifi
image
ސްމިތްގެ ބަންދަށް ހަތް ދުވަސް ޖަހައިފި
0 ކޮމެންޓް
 

ސްމިތްގެ ބަންދަށް ހަތް ދުވަސް ޖަހައިފި

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިންކަމަށް ބުނެ މިއަދު ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް، ސްމިތްގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހައިފިއެވެ.
ސިއްދީގު މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ކްރިމިނަލް ކޯޓު ކުރިމަތިން އޭނާއަށް ހަމަލާ ދިނީ "ޖަޒީރާ ރާއްޖެ" ލިޔެފައިވާ ޓީޝާޓެއް ލައިގެން ހުރި މީހެކެވެ.

މާރާމާރީ ހިންގައި "ގައިން ލޭދުއްވާލައިފި" ކަމަށާއި މާރާމާރީ ހިންގި މީހާ އަދިވެސް ހަމަލާދޭނެ ކަމަށް ފުލުސް އޮފިސަރުގެ ކުރިމަތީގައި ބުނި ކަމަށް ސިއްދީގުގެ ޓްވީޓްގައި ވިދާޅުވިއެވެ.
ހިޔާލު