PPM congress mahsalaige hukum maadhama
image
ޕީޕީއެމް ކޮންގްރެސް މައްސަލައިގެ ހުކުމް މާދަމާ
0 ކޮމެންޓް
 

ޕީޕީއެމް ކޮންގްރެސް މައްސަލައިގެ ހުކުމް މާދަމާ

ސެޕްޓެމްބަރު މަހު ހާއްސަ ގޮތުން ބޭއްވި ޕީޕީއެމްގެ ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތް މައްސަލާގައި އެކޮމިޝަނާ ދެކޮޅަށް ކުރާ ދައުވާގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސް ހައިކޯޓްގައި މާދަމާއަށް ތާވަލުކޮށްފިއެވެ.
މިމައްސަލައިގެ ހުކުމް އިއްވުން މިމަހުގެ 15 ވަނަ ދުވަހުގެ ރެއަށް ވެސް ތާވަލުކުރިއެވެ. ނަމަވެސް ފަހުންވަނީ އެކަން ކެންސަލްކޮށްފައެވެ.

ޕީޕީއެމްގެ ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތް މައްސަލާގައިގެ ޝަރީއަތުގެ މަޖިލިސް ހައިކޯޓްގައި ތާވަލުކޮށްފައިވަނީ މާދަމާގެ 13:00 އަށެވެ.

އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް ހައިކޯޓުގައި ދައުވާކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި ގައުމީ ޖަލްސާގައި ފާސްކޮށްފައިވާ އަސާސީ ގަވާއިދާއި، މަގާމުތަކަށް އައްޔަން ކުރި މީހުން އެންޑޯޒް ކުރުމަށް އެކޮމިޝަންގެ މައްޗަށް އަމުރުކޮށް ދިނުން އެދިއެވެ.

ޕީޕީއެމްގެ ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާގެ ނިންމުންތައް އެންޑޯޒު ނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމީ އިޖުރާއަތުތައް ފުރިހަމަވެފައި ނުވާ ކަމަށް ބުނެއެވެ.

ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ ކޮންގްރެސްގައި ޕާޓީގެ ރައީސް ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ އިންތިހާބުކޮށްފައެވެ. އޭގެއިތުރުން ނައިބް ލީޑަރުންގެ ގޮތުގައި އާޒިމާ ޝަކޫރާއި އަބްދުއްރަހީމް އަބްދުﷲ އާއި މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އިންތިހާބުކޮށްފައެވެ. އަދި ޕާޓީގެ ކައުންސިލަށް ވެސް މެންބަރުން އިންތިހާބުކޮށްފައިވެއެވެ.
ޕީޕީއެމް ހައިކޯޓް
ހިޔާލު