Verikamah Kurimathilevey Umurah Badhalugenaun, Suvaalu Ufedhey Ethahakameh
image
ރައީސް އިބޫ އާއި ޖޭޕީގެ ލީޑަރު ގާސިމް.-- ފޮޓޯ: ވަގުތު
4 ކޮމެންޓް
 

ވެރިކަމަށް ކުރިމަތިލެވޭ އުމަރަށް ބަދަލު ގެނައުން، ސުވާލު އުފެދޭ އެތައްކަމެއް

ވެރިކަން ކުރެވޭ އެންމެ ދަށް އުމުރަކީ 35 އަހަރު ކަމަށް ކަނޑައަޅައި، ވެރިކަން ކުރެވޭ އެންމެ މަތީ އުމުރު އުވާލުމަށް ޤާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައި "ފަޓާސް ބަރިއެއްހެން" ބިލުގެ ކަންކަން ކުރަަށް ގެންދަން ފަށާފައިމިވަނީ ކީއްވެތޯ؟ މިއީ މިއަދު ކޮށްލަށް ނުހަނު މުހިންމު ސުވާލެކެވެ. Dhiraagu
ވެރިކަން ކުރާ އުމުރު ބަދަލުކުރުމުގެ ބިލު ހޯމަ ދުވަހު ހުށަހަޅާއި، އެ ބިލަށް ބަހުސް ކޮށް، އެ ބިލު ކޮމެޓީ މަރުހަލާގައި ފާސްކޮށް ވޯޓަށް އެހުމަށް މަޖިލިސް ތަޅުމަށް ފޮނުވާފައި ވަނީ ވެސް ހޯމަ ދުވަހު ނުހަނު ހަލުވި ސްޕީޑެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ އިބްރާހިމް މުހައްމަދު ޞާލިހު ކުރައްވާފައިވަނީ ވަކި ލަނޑުދަނިތަކެއް ކަނޑައަޅައި، ވައުދުތަކެއްވެލައްވައި އެކަންކަން ދިވެހިންނަށް ވަކި މުއްދަތެއްގެ ތެރޭގައި ކޮށްދެއްވާނެކަމުގެ ޔަގީންކަމާއެކެއުއެވެ. މިގޮތުން ހަފްތާއެއްގެ ތެތޭގައި ކޮށްދެއްވާނެކަންތައްތަކާއި، ސަތޭކަ ދުވަހުގެތެރޭގައި ކޮށްދެއްވާނެ ކަންތައްތަކަކާއި، މުޅި ދައުރު ނިމުމުގެ ކުރިން ވަކި މުއްދަތުތަކެއްގައި ކަންތައްތަކެއް ކޮށްދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވައުދުވެލައްވާފައެވެ.

ކޯލިޝަނެއްގެ ތެރެއިން ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގެންނެވީ، މަޖިލީހުގެ މެޖޯރިޓީއާއިވެސް އެކުގައިކަމުން އެމަނިކުފާނަށް ވައުދުތައް ފުއްދުމަށް ޤާނޫނީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުންވާނީ ނުހަނު ފަސޭހަކަމަކަށެވެ. ކަންމިހެން އޮއްވާ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅުއްވި ބިލު މަޖިލީހުގައި އެޖެންޑާ ކުރުމާއެކު އެންމެ ފުރަތަމަވެސް އެކަމާ ސުވާލު އުފައްދާފައިވަނީ އެމްޑީޕީގެ މަޖިލީސް މެމްބަރުންނެވެ. "މިއީ މިބަދަލު ގެންނަނަށް އެންމެ އެކަށީގެންވާ ވަގުތުތުތޯ؟" އެ މެމްބަރުން ސުވާލު އުފެއްދެވިއެވެ. އަދި "މިވަގުތަކީ ރައްޔިތުންނާ ގުޅުންހުރި ކަންކަން ފާސްކުރަންވީ ވަގުތުކަމަށް" އެ މެމްބަރުން ދިޔާއީ ވިދާޅުވަމުންއެވެ.

ދިވެހި ކޯލިޝަނުގެ ތާރީހު

ފަހުގެ ތާރީހެއްގައި އެންމެ ފުރަތަމަ ކޯލިޝަނެއް އުފައްދަވައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކީ، ރައީސް ޞާލިޙުގެ "ބެސްޓް ފްރެންޑް" ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި މަނިކުފާނަށް ޖެހިވަޑައިގަތް ހާލަތުގެ ތަފްސީލު ނުލިޔުނު ނަމަވެސް، 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަސް މަތިން ހަނދާންނެތޭނެހާ ދުވަހެއް އަދި ނުވެއެވެ.
ރައީސް ނަޝީދަށް އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުބީ އެމަނިކުފާނާއެކު ކޯލިޝަން ހައްދަވައިގެން "ވަތަން އެދޭގޮތަށް" ކަންކަން ކުރައްވާނެކަމަށް ވިދާޅުވި ބޭފުޅުންނެވެ. "މިތަނަށް މިލިޓަރީ ނުގެނެސް ސަލާމަތްވިކަން ނަސީބެއް" ކަމަށް ވިދާޅުވި ބޭފުޅުންނާއެކު އަނެއްކާވެސް އެމްޑީޕީން ކޯލިޝަން ހެދީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައިމަށެވެ.

މޯލްޑިވިސް ޔުނިއިޓެޑް އޮޕަޒިޝަން (އެމްޔޫއޯ)ގެ އެއްބަސް ވުމުގައި ކޯލިޝަން ރޫޅޭނެ ގޮތްތަކާއި، ކޯލިޝަން ދެމެހެއްޓޭނެ ގޮތްތައް ލިޔެފައިވާކަމަށް ބުނާތީ އަޑުއިވެއެވެ. އެެހެން ނަމަވެސް ރައީސް ޞާލިޙުގެ ވެރިކަމާއި ހަވާލުވެ ވަޑައިގެން ބައި މަހާއި ހަމަވާއިރުވެސް މި އެއްބެސްވުން ހާމަކޮށްފައެއްނުވެއެވެ. އަދި ހަތަރު ލީޑަރުން ސޮއިކުރިކަމަށް ބުނި އެއްބަސްވުމުގައި ރައީސް މައުމޫނު އަދިވެސް ސޮއި ނުކުރައްވާކަމަށް ވަނީ އަޑު ފެތުރިފައެވެ. މިކަންކަމަށް ރައްޔިތުންނަށް ޖަވާބު ލިބޭނީ ކޮން ދޮރާއްޓަކުންތޯ ވެސް ސާފެއް ނުވެއެވެ. އެއީ ކެނެރީގެއިންތޯ، ކިބިގަސްދޮށުގެއިންތޯ، މާފަންނު ވިލައިންތޯ ނުވަތަ އިމްނާ ފިހާރައިން ކަމެއްވެސް ޔަގީނެއް ނުވެއެވެ.
"ކޯލިޝަން ދެމެހެއްޓުމަށް ކުރެވެން އޮތް މަސައްކަތެއް ކުރައްވާނެކަމަށް" ރައީސް ޞާލިޙު ވިދާޅުވިނަމަވެސް، އެމަނިކުފާނަށްވެސް ކެތްކޮށްލެވޭނީ ވަކި މިންވަރަކަށެވެ.

ރައީސް ޞާލިހަށް ދައުރު ހަމަކުރެވިދާނެބާ؟

ވެރިކަމަށްލެވޭ އުމުރު ބަދަލުގެނައުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަމުން ގެންދަނީ ކޯލިޝަނާއި މަޝްވަރާކުރުމެއް ނެތިކަން ހާމަވެފައިވަނީ މަޖިލިސްތެރޭގައި ރައީސް މައުމޫނު ފެކްޝަނުގެ ބޭފުޅުންނާ، އެމްޑީޕީގެ މަޖިލިސް މެމްބަރުން ބިލާއި ދެކޮޅުހެއްދެވުމުންނެވެ. މިގޮތުން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އީވާ އަބްދުﷲ ވެސް ވަނީ ކޯލިޝަން ތެރޭގައި ބިލާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ގޮވަލައްވާފައެވެ. ރައީސް މައުމޫނު ފެކްޝަނުން ބިލާއި ދެކޮޅު ހެއްދެވީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހީމެވެ.
ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިވާ ވިދާޅުވެފައިވަނީ "މިހެން ބަދަލުތައް އަންނަމުން ދާއިރު އަޅުގަނޑުމެންނާ މަޝްވަރާ ކުރެވިގެން ސިޔާސީ ޕާޓީތަކުގެ ތެރޭގައި ވެސް މަޝްވަރާ ކުރެވިގެން ރަނގަޅު ލެޖިސްލޭޓިވް އެޖެންޑާއެއްގެ ތެރެއިން ރަނގަޅު ތަރުތީބަކުން" ކަމަށެވެ.

މިހެންކަމުން ރައީސް ޞާލިހުގެ ވެރިކަމުގެ ބާކީ ފަސް އަހަރު އޮއްވައި، ވެރިކަމުގެ އެންމެ ކުރީ ކޮޅުގައި ޤާނޫނު އަސާސީއަށް އިސްލާހު ގެނެސް، ވެރިކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލު ގެނައުމަށް ފޫގަޅާފައިވާއިރު، މިހާތަނަށް ވެރިކަަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި 65 އަހަރުން މަތީގެ ބޭފުޅަކަށް ހުންނެވީ ޤާސިމް އިބްރާހިމް އެކަންޏެވެ. ވީމާ މި ބިލުގެ ފަހަތުގައި ހުންނެވީ ޤާސިމް އިބްރާހިމް ކަމަށްވުމީ ވަރަށް ގާތްކަމެކެވެ.

ގާސިމް އިބްރާހިމްގެ މައްޗައް ކުރެވޭ މިފަދަ ތުހުމަތުތަކަށް ބާރު ލިބެ އަނެއްކަމަކީ ކުރީގެ ރައީސް ޔާމީނާއި ބައްދަލުކުރެއްވި ކަމަށް ބުނެ ސޯސަލް މީޑިއާގައި ފެތުރެމުން އަންނަ ތަފާތު އަޑުތަކެވެ.


މި ބައްދަލުވުމާއި ގުޅޭގޮތުން ރައީސް ޔާމީނުގެ ފަރާތްޕުޅުންވެސް އަދި ޤާސިމް އިބްރާހިމްގެ ފަރާތްޕުޅުންވެސް، އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ. އަދި މި ބައްދަލުވުމުގެ ހަބަރު އެއްވެސް ބޭފުޅަކު ދޮގު ކުރައްވާފައެއްވެސް ނުވެއެވެ. ވީމާ މިފަދަ "ސިއްރު" ބައްދަލުވުމެއް ބާއްވާފައިވާނަމަ މި ބައްދަލުވުމުގެ ހަޤީޤީ މަގުސަދަކީ ކޮބައިބާއެވެ؟ ރައީސް ޞާލިޙުގެ ދައުރު ހަމަނުވަނީސް އެމަނިކުފާނު މަގާމު ދުރުކުރުމަށް އަނެއްކާވެސް ރޭވުމަކީ ދުރުގައި އޮތްކަމެއް ވެސް ނޫނެވެ.
ރައީސް ޔާމީނާއި، ޤާސިމް އިބްރާހިމަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފުރޮޅައިލަން މަސައްކަތް ކުރެއްވުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ދެ ބޭފުޅުންނެވެ.
ދިވެހި ހަރުބަހެއްގައި ބުނެފައިވެއެވެ. އެއް ފުޅައްމަތިން ފުންމާލި ބަކަރި އަނެއް ފުޅައްމަތިން ވެސް ފުންމާލާނެއެވެ.





ހިޔާލު

ގުއިއްޒު

ބަކަރި ހަމަ ފުމޭނެ.

ރައްދު

ގާނޫންއަސާސީ އޮންނަންވާނީ އަބަދުވެސް ހުރިހާ
ކަމަކަށްވެސް ފަހިވާގޮތަށެވެ ވެރިކަމަށް ކުރިމަތިލެވޭ
އުމުރު އިސްލާހްނުކޮށް އިބޫގެ ދައުރުނިމެންްދެން ބޭއްވުމަކީ އަނެއްކާވެސް ޚޮދުމުޚްތާރު ސިފައެކެވެ
ހަމަމިހާރު އެކަން އިސްލާހު ކުރަން ޖެހެއެވެ.

ކަމަނަ

ތާރީހަކީ އަލުން އިއާދަވާ އެއްޗެއް.

މީމު

ޤާސިމޫ ކަލޭ ވިޔަފާރީގަ އުލެންވީއެއްނު..ކަލޭ ތީ ސިޔާސީ މައިދާނުގައި ކާކު