Sarukaaruge 2 vana Hafatha: 7 Vaudhu fudhi 6 Vaudhu Fail
image
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލައްވަނީ: ފޮޓޯ އާފަތިސް
6 ކޮމެންޓް
 

ސަރުކާރުގެ ދެވަނަ ހަފްތާ: 7 ވައުދު ފުދި 6 ވައުދު ފެއިލް

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ރައީސްކަމުގެ ހުވާ ކުރެއްވިތާ މިއަދަށް ދެ ހަފްތާ ވެފަައިވާއިރު ވިދާޅުވެފައިވާ ދުވަހަށް 6 ވައުދެއް ނުފުއްދަވާ ކަން މިވަނީ ހާމަވެފައެވެ.
މިކަން ހާމަކޮށްފައިވަނީ އެކަންޓަބިލިޓީ މޯލްޑިވިސް ނަމުގައި ސޯސަލްމީޑިއާގައި ހަރަކާތްތެރިވާ ބައެކެވެ.ނުފުއްދަވާ ވައުދުތަކަކީ:

1. ފުލުހުން މާލެތެރެ ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކުރެވި، ގަވާއިދުން ޕެޓްރޯލްުރަން ފެށޭނެ
2. މާލޭ މަގުތަކުގައި ބޭނުން ނުކޮށް ހުންނަ ވެހިކަލްތައް ގަވައިދުން ނަގަން ފެށޭނެ.
3. މުޅި ރާއްޖޭގައި މަދިރިއާ މީދާ އަދި ވާ މަދުކުރުމަށް ޕްރޮގްރާމުތައް ގަވާއިދުން ހިންގަންފެށޭނެ
4. ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކާ މަސައްކަތްތަކުގެ ތެރެއިން ވޭތުވެދިޔަ 5 އަހަރު ރައީސުލް ޖުމްހޫރިއްޔާ ހިފަހައްޓަވާފައިވާ ހުރިހާ ބަރުތަކާ މަސައްކަތްތައް އަންބުރާ ކައުންސިލްތަކަށް ދޫކޮށްލެވޭނެ.
5. ދައުލަތުގެ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ހިންގާފައިވާ ޤާނޫނާ ހިލާފު އަމަލުތަކާއި، މަގާމުގެ ޒިންމާ ނޫފުލުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާ ހިމާޔަތް ނުލިބުމުގެ މަސަލަތައް ބަލަން ފެށޭނެ.
6. ދަރަނިވެރިވެ ގައުމުގެ ސިޔާދަތަށް ގެއްލުންވާނެ އުސޫލުން ނެގިފައިވާ ލޯނުތަކާއި ކޮންޓްރެކްޓުތައް އަލުން ރީނެގޯޝިއޭޓް ކުރަން ފެށޭނެ.

މަތީގައި ދެންނެވިފައިވާ ހުރިހާ ވައުދަތަކީ ހަތް ދުވަހުގެ ތެރޭގައި ފުއްދަވާނެކަމަށް ވިދާޅުވެ ނުފުއްދެވިފައިވާ ވައުދުތަކެވެ. މިގޮތުން ކައުންސިލްތަކަށް އަލުން ބާރުތައް ދޫކޮށްލުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރި ހަމަށް ހަބަރުލިބުނެވެ. އެހެން ނަމަވެސް ޤާނޫނީގޮތުން ކުރަންޖެހޭ ކަންކަން އަދިވެސް ފުރިހަމަކޮށްފައެއް ނުވެއެވެ. އަދި މާލޭ މާގުތަކުގައި ބޭނުން ނުކޮށް ހުންނަ ވެހިކަލްތަތައް ނަގަން ފެށިކަމަށް ބައެއް މީހުން ދެކުނު ނަމަވެސް، އެކަމުގެ ރަސްްމީ މައުލޫމާތެއް އަދި މިހާތަނަށް ހާމަކޮށް އެކަން ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ހަތް ވައުދެއް މިހާތަނަށް ފުއްދަވާފައިވެއެވެ.

1. މާލޭ ފަޅުތެރެއިން ދައުލަތުގެ ބޭނުމަށް ނެގިފައި ހުރި ބައެއް ސަރަހައްދުތައް އާންމުނަށް ލުއި ފަސޭހަވާނެހެން ހުޅުވައިލުން.
2. ޓެކްސީ ބޯޑުގެ ފީ ކަނޑާލުން
3. ސިއްހީ ހިދުމަތް ހޯދުމުގައި އައިޑީކާޑަކީ މުއްދަތު ހަމަނުވާ އެއްޗަކަށް ހެދޭނެ.
4. ސިޔާސީ ލީޑަރުން ފުރަތަމަ ދުވަހު މިނިވަން ކުރެވޭނެ.
5. ސިޔާސީ ހައްޔަރީންނާއި ސިޔާސީ ނުވަތަ ޒާތީ ސަބަބުތަކަށްޓަކައި ހައްޔަރު ކުރެވިފައިވާ ފަރާތްތަކުގެ މައްސަލަ ބަލަން ފެށޭނެ.
6. އަނިޔާދީ، މަރާލާ، ގެއްލުވާލާ، ޖަލައްލާ އަރުވާލެވެން މަޖުބޫރުކުރުވާ އަދި މުދަލަށްގެއްލުންދެވިފައިހުރި ހުރި ރައްޔިތުންނަށް އިންސާފު ލިބިދިނުމުގެ މަސައްކަތް ފެށޭނެ.
7. ދައުލަތުގެ މުދަލާ ފައިސާއަށް ވެފައިވާ ހިޔާނާތާ މަނީލޯންޑަރިން މައްސަލަތައް ބެލުމަށް ކޮމެޓީއެއް އުފައްދާ އެކަން ހޯދާ ބަލަން ފެށޭނެ.

މީގެތެރެއިން ސިޔާސީ ލީޑަރުން މިނިވަން ކުރުމުގައި ސަރުކާރުން ކުރެވެން ހުރި މަސައްކަތްތައް ކޮށްފައިވާތީ އެ ވައުދު ފުދުފައިވާކަމަށް ބެލެވޭނެއެވެ. ސިޔާސީގޮތުުން ހައްޔަރުކުރެވިފައިވާ ގިނަ އިސްފަރާތްތައް މިވަގުތު ތިއްބެވީ މިނިވަފައެވެ. އަދި ބައެއް ފަރާތްތަކުގެ މައްސަލަ އަންނަނީ ރިވިއުކުރެވެމުންނެވެ. މީގެ އިތުރުން އައިޑީކާޑު މުއްދަތު ހަމަވެފައި ވީނަމަވެސް އާސަންދަ ލިބޭނެ ގޮތް ހަމަޖެއްސުމާ، ގެއްލުވާލާފައިވާ މީހުން ހޯދުމަށް ކޮމެޓީއެއް އުފައްދަވައި ކަރަޕްޝަންގެ މައްސަލަތައް ބެލުމަށް ކޮމިޝަނެއް އުފެއްދެވުމަކީ ރައްޔިތުން ނުހަނު އުފަލާއެކު ބަލައިގަތް ކަންތައްތަކެކެވެ.

މީގެއިތުރުން 8 ވައުދެއްް ފުއްދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

1. ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރެއް ހަމަޖެއްސުން.
2. ދިވެހިރާއްޖޭ އަލުން ކޮމަންވެލްތުގައި ބައިވެރިވުން
3. އަންހެނުން ބޭނުންކުރާ ޕެޑާއި ޓެމްޕެކްސް ފަދަ ތަކެތިން ޓެކްސް އުވާލުން
4. މާލެއާއި ހުޅުމާލޭގައި ބަސް ސްޓޮޕްތައް އިތުުރުކުން.
5. ކަޅުވަކަރު މިސްކިތް އަލުން ހޯދައި އަލުން އެ މިސްކިތް ރޭވުން
6. ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުން ދިނުމަށް ނުވަތަ ވަކި މީހަކަށް މަންފާއެއް ހޯދުމަަށް ފާސްކޮށް/ބަދަލު ކޮށްފައިވާ ގާނޫނުތައް ބަލައި މުރާޖާ ކުރަން ފެށޭނެ.
7. ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކަށް، މިނިވަން މުއައްސަސާތަކަށް އައްޔަނުކުރާ ހުރިހާ މީހުންނާ އެމީހުުންގެ އަނބި/ފިރިންގެ މުދަލާ މާލީ ބަޔާން ހާމަކުރެވޭނެ. އަދި ގަވާއިދުން ރިވިއުކުރެވޭނެ.
8. ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ މަސްބޯޓުތައް ވަދެ މަސްވެރިކަން ކުރުން ހުއްޓުވޭނެ.

މިވައުދުތަކުގެ ތެރެއިން އަންހެނުންގެ ޒަރޫރީ ބޭނުމަށް ބޭނުންކުރާ ޕޭޑާއި ޓެންޕޮން ފަދަ ތަކެތިން ޓެކްސް އުވާލުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެހެން ނަމަވެސް، އެ ބިލު އަދި ތަސްދީގު ނުކުރައްވާތީ އެ ވައުދު ފުއްދުނުކަމަށް ނުބެލޭނެއެވެ. މާލެއާއި ހުޅުމާލެއާއި ދެމެދު ބަސް ސްޓޮޕްތައް އިތުރުކުރުމަށް މަޝްވަރާ ކުރެވުނެވެ. އެހެން ނަމަވެސް އެ މަސައްކަތުގެ އަމަލީ މަސައްކަތް ނުފަށައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހުު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެކަމަށް ވިދާޅު 162 ވައުދެއްވެލައްވާފައިވެއެވެ.


ހިޔާލު

ނާޅި

ކޮއްކޮ މެންނަ އެގޭތަށް ސިޔާސީ ވަފާތެރި ކެހިވެރިން އިންތިހާބުގެ ދުވަސް ވަރު އުޑުން ތަރިވެސް ބާލަދޭނެ އެއީ ހަމަ ކަނޑުގައި ދަމާލާ ރޮގެއް ! ވައުދު ވަނީ ވައު ފުއްދާކަށް ތޯ ؟

ޝާކިރު

އަޅުގަޑު ދިރިއުޅޭ ސަރަހައްދުގައި ޕާކްކޮއްފަ ގިނަދުވަސްވީ ވެހިކަލްތައް ނަގައިފި.

ކާކު

ކޮން އެކައުޓަބިލިޓީއެއް؟ ފޭކް ވާހަކަ ފަތުރާމީހުން

ަައަހުމަދު

ނުހައްގުން ޖަލައްލާފައިވާ ފަރާތްތަކުގެ މައްސަލަތައް އަލުންބެލުމުގެ ވައުދު އަދިނުފުށްދޭ

ކޮލްބީ

ސޯލިހުބޭބުނިތަ ރިލުވާނުގެ ގެއްލުނު މައްސައިގެ އެއްވެސް ވާހަކައެއް

ދެކޭމީހާކިޔާމީހާ

ވެއަތުވެދިޔަސަރުކާރުގެ އެކިދާއިރާގައި ކޮރަޕްޓް އަދި ދަށުންދެމިމީހުންތިބި މިންވަރަށްބަލާއިރު ޚާޞިލްކުރެވުނުމިންވަރު ގޯހެއްނޫނެވެ. އަދި ޙާޞިލްނުކުރެވިހުރި ކަންތައްތަކުގެ ޙާލަތު، އެހާގޯސްކަމުގައ ޤަބޫލެއްނުކުރެވެއެވެ. ޙާޞިލް ނުކުރެވިހުރި ކަންތަކުގެ އަލިފު އެޅިފައިވީނަމަވެސް އެމިންވަރުވެސް ޤަބޫލުކުރަންޖެހޭކަމުގައި ދެކެމެވެ.