Khaassa ehee ah beynunvaa faraaiythakuge ves hagguthakeh vey
image
ޑިސްއެބިލިޓީ އެކްސެސްގެ ގޮތުގައި ޕޭމަންޓަށް ވީލްޗެއަރގައި އެރޭގޮތަށް ހަދާފައިހުރި ސަރަހައްދެއްގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި - ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެވެސް ހައްގުތަކެއްވޭ

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަކީ މިފަހަކަށް އައިސް ހާއްސަ އިސްކަމެއް ދެވިގެން ސަރުކާރާއި އަމިއްލަ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ކުރަމުން އަންނަ މަސައްކަތެކެވެ. މިގޮތުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ޝަކުވާ އަޑުއަހާ، އެކަންކަމަށް އެދެވޭ ހައްލުތަކެއް ގެނައުމަށް މެދުނުކެނޑި މަސައްކަތްކުރާ އެތައް ބަޔަކު މި މުޖްތަމައުގައި އެބަތިއްބެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަސޭހަތައް ހޯދައިދިނުމަށް އަމާޒުކޮށް ގިނަ ކަންތައްތަކެއް އަހަރެމެންގެ މި ކުޑަކުޑަ މުޖުތަމައުގައިވެސް ކުރެވެމުން އަންނައިރު، މަގުމައްޗާއި އާއްމު ތަންތަނުގައި ޑިސްއެބިލިޓީ އެކްސެސް ހެދި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް މުޖްތަމައުގެ އެހެން ފަރުދުންނެކޭ އެއްފަދައިން އަބުރުވެރިކަމާއެކު ދިރިއުޅުމުގެ މަގުތަނަވަސްވެފައި އޮތުމަކީ ތަހުޒީބު މުޖްތަމައަކަށް އަހަރެމެން މި ދެކޭ ހުވަފެނުގައި ހަގީގީ ކުލަ ޖެހުމެވެ.


ހިތާމައަކީ މަދު ބައެއްގެ އިހުމާލުން ނުވަތަ ނޭއްގާނީ އަމަލުތަކެއްގެ ސަބަބުން މި މުޖްތަމައުގައި ދިރިއުޅެމުންދާ އެހީތެރިކަމާ މަދަދަށް ބޭނުންވާ އެތައް ބައެއްގެ ހައްގުތަކަށް އަރައިގަނެވެމުންދާ ކަމެވެ.


މަދުބައެއްގެ އިހުމާލުން އެތައް ބައެއްގެ ހައްގަށް އުނިކަންލިބޭ މިފަދަ ނާތަހުޒީބު ކަންކަން މިދީބުން ފޮހެލަން މަސައްކަތް ކުރުމުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުން ގުޅިގެން މަސައްކަތް ކުރުމަކީ މުޖުތަމައުގެ ލާބައާ މަންފާއަށް ކޮންމެހެން މުހިއްމު ކަމެކެވެ.
ހިޔާލު