Rajapaksa Athun Prime Ministerkamuge Baaru Athulaifi
image
ސިރީލަންކާގެ ކުރީގެ ރައީސް މަހިންދުރާ ރާޖަޕަކްސާ:--
0 ކޮމެންޓް
 

ރާޖަޕަކްސާ އަތުން ބޮޑުވަޒީރުގެ ބާރު އަތުލައިފި

ސިރީލަންކާގެ ކޯޓަކުން އެ ގައުމުގެ ޕްރައިމް މިނިސްޓަރުކަމަށް "ގަދަކަމުން" އަރާވަޑައިގެން ހުންނެވި މަހިންދުރަ ރާޖާޕަކްސާއަށް ބޮޑުވަޒީރުކަމުގެ ބާރު ނުހިންގޭނެކަމަށް ނިންމައި ވަގުތީ އަމުރެއް ނެރެފި އެވެ.
ލަންކާގެ އެޕީލް ކޯޓަކުން ނިންމާފައިވަނީ ރާޖާޕަކްސާއަށް ބޮޑުވަޒީރުގެ ބާރުތައް ނުހިންގޭނެކަމަށާއި، ކެބިނެޓު ބައްދަލުވުންތައް އޭނާއަށް ނުބޭއްވޭނެކަމަށެވެ. ލަންކާގެ ގާނުނު ހަދާ މަޖިލީހުގެ 122 މެމްބަރުން ސޮއިކޮށް ރާޖާޕަކްސާއާއި ދެކޮޅަށްވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. މި ޕެޓިޝަން ހުށަހަޅާފައިވަނީ، މަޖިލީހުގައި ދެ ފަހަރަށް އޭނާއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުންވެސް، އޭނާ މަގާމުން ދުރަށް ނުޖެހުމާގުޅިގެންނެވެ.

އެކޯޓުން ބުނެފައިވަނީ ރާޖާޕަކްސާ ބާރުތަކުގެ ބޭނުން މިވަގުތު ހިއްޕަވައިފިނަމަ ލަންކާއަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް މެދުވެރިވެދާނެކަމަށެވެ. ރާޖާ ޕަކްސާގެ މައްޗަށް ކޮށްފައިވާ އަމުރު އޭނާގެ އޮފީހުގައި މަސައްކަތް ކުރާ 30 މީހެއްގެ މައްޗަށްވެސް ހިނގާނެކަމަށް ބުނެފައިވެއެވެ.

ލަންކާގެ ސިޔާސީ މަޝްރަހު ހޫނުވެފައިވަނީ، ކުއްލި ގޮތަކަށް އެގައުމުގެ ކުރީގެ ރައީސް ރާޖާޕަކްސާ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތުމުންނެވެ.
ހިޔާލު