Kulhivaruthakaai Jinsge thafaathu kurumeh nethi gaumee team thakah allowance dhenee
image
ކުޅިވަރުތަކާއި ޖިންސްގެ ތަފާތުކުރިމެއްނެތި ގައުމީ ޓީމްތަކަށް އެލަވަންސް ދެނީ
0 ކޮމެންޓް
 

ކުޅިވަރުތަކާއި ޖިންސްގެ ތަފާތުކުރިމެއްނެތި ގައުމީ ޓީމްތަކަށް އެލަވަންސް ދެނީ

ވަކި ކުޅިވަރެއް އަދި ޖިންސްގެ ތަފާތުކުރުމެއްނެތި ހުރިހާ ކުޅިވަރެއްގެ ގައުމީ ސްކޮޑުގެ ކުޅުންތެރިންނަށް އެއް ހަމައަކުން އެލަވަންސް ދިނުމަށް ނިންމާފައިވާކަމަށް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުުނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. Dhiraagu
އެކި ކުޅިވަރުތަކުގެ ގައުމީ ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނަށް އެލަވަންސެއް ދެމުން ގެންދިޔަ ނަމަވެސް އެކި ކުޅިވަރުތަކުގެ ސްކޮޑްގެ ކުޅުންތެރިންނަށް އެލަވަންސްދެނީ އެކި ވަރަށެވެ. އެންމެ ބޮޑު އެލަވަންސެއްގެދީ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށެވެ. އެކުޅުންތެރިންނަށް މަހަކު 5000 ރުފިޔާގެ އެލަވަންސެއް ދެއެވެ.

މީގެ އިތުރުން ގައުމީ އަންހެން ސްކޮޑް ތަކުގެ ކުޅުންރެތިންނަށްވެސް މިހާތަނަށް ދެމުން ގެންދިޔައީ ފިރިހެން ސްކޮޑްތަކުގެ ކުޅުންތެރިނަށްވުރެ ކުޑަ އެލަވަންސެކެވެ.

މަހްލޫޕް މިއަދު ވިދާޅުވީ ކުޅިވަރުގެ ތަފާތު ކުރުމެއް އަދި ޖިންސްގެ ތަފާތުކުރުމެއް ނެތި ގައުމީ ސްކޮޑްތަކުގެ ކުޅުންތެރިންނަށް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވާ ކަމުގައެވެ. އަދި މި ބަދަލާއިއެކު ގައުމީ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިއެކޭ ޤައުމީ ކެރަމް ސްކޮޑްގެ ކުޅުންތެރިއެކޭ އެލަވަންސް ދިނުމުގައި ތަފާތެއް ނުހުންނާނެކަމަށް މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމީ ކުޅިވަރު އެސޯސިއޭޝަން ތަކުގެ ތެރެއިން ބައެއް އެސޯސިއޭޝަންތަކަށް މިހާރު އަހަރަކު އެއް ލައްކަ ރުފިޔާގެ ބަޖެޓެއް ދެމުން ގެންދާކަމަށާއި ނަމަވެސް އާސަރުކާރުން ގައުމީ ކޮންމެ ކުޅިވަރު އެސޯސިއޭޝަނަކަށް މަދުވެގެން އަހަރަކު ފަސް ލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށް މަހުލޫފް ވިދާޅުވިއެވެ.
ހިޔާލު