Pacific Kandah Ai Baarugadha Binhelumaaeku Tsunamige Inzaaru Dheefi
image
ޕެސިފިކު ކަނޑަށް ސުނާމީ އައި ސަރަހައްދު ދައްކުވައިދޭ ޗާޓެއް: ފޮޓޯ ބީބީސީ
0 ކޮމެންޓް
 

ޕެސިފިކު ކަނޑަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު ދީފި

މި ބިންހެލުން އައިސްފައިވަނީ ޕެސިފިކު ކަނޑުގެ 'ރިނގް އޮފް ފަޔާ' ކިޔާ ސަރަހައްދަކަށެވެ. މި ސަރަހައްދަކީ ގިނައަދަދެއްގެ ބިންގެލުން އަންނަ ސަރަހައްދެކެވެ.
ބީބީސިން ބުނީ، ބިންހެލުން އައި ސަރަހައްދުން ފެށިގެން 1،000 ކިލޯމީޓަރުގެ ސަރަހައްދަކަށް ސުނާމީގެ އިންޒާރު ދީފައިވާކަމަށެވެ. ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯ މީޓަރު އަޑިއަށް ޖީއެމްޓީ ގަޑިން 4:18 ހާއިރު ނިއުކެލެ ޑޯނިއާ ކައިރިއަށެވެ.

ނިއުކެލެ ޑޯނިއާ އަކީ 270،000 މީހުން ދިރިއުޅޭ ކުޑަ ޖަޒީރާ ރަށެކެވެ. މިރަށް އޮންނަނީ އޮސްޓްރޭލިއާ ކައިރީގައެވެ.

ބިންހެލުން އައިސްފައިވަނީ ތިލަ ހިސާބަކަށްކަމުން ސުނާމީގެ ނުރައްކާތެރިކަން ބޮޑުކަމަށް ފެސިފިކް ސުނާމީ ވާނިން ސެންޓަރުން ބުނެއެވެ.
ހިޔާލު