Bainalaqvaamee Dharumaveringe Dhuvas Mi Aharu Faahaga Nukuraneebaa?
image
0 ކޮމެންޓް
 

ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަސް މިއަހަރު ފާހަގަ ނުކުރަނީބާ؟

މިއަދަކީ ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ދުވަހެވެ. މިއީ ހިލޭ ސާބަހަށް މަސައްކަތްކުރާ ފާރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އަހަރަކު އެއްފަހަރު ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. dhi2
ބައިނަލްއަގްވާމީ ދަރުމަވެރިންގެ ދުވަހެއް ފާހަގަކުރަން ނިންމާފައިވަނީ 1985 އަހަރުގެ ޑިސެމްބަރ މަހުގެ 17 ވަނަ ދުވަހު އދ އިން ފާސްކުރި ގަރާރަކުންނެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ.

ރާއްޖެއަކީ މީސް މަދު ގައުމެއް ކަމުގައިވީނަމަވެސް މިރާއްޖޭގައިވެސް ހިލޭސާބަހަށް މަސައްކަތްކުރާ ގިނަ ބަޔަކު އެބަތިއްބެވެ. ސަރުކާރުގެ އިދާރާތަކުން ދަރުމަވެރިންގެ މަސައްކަތް ބަލައިގަނެ ފާހަގަކުރުމުގެ ހަރަކާތެއްގެ ވާހަކަ މިއަހަރު ދައްކާފައިނުވާއިރު އަމިއްލަ ޖަމިއްޔާތަކުންވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުމަވެރިންގެ މަސައްކަތުގެ އަގުވަޒަން ކުރުމަށް ޓްވީޓެއްހާ ހިސާބުވެސް ކޮށްލެވިފައި ނެތުމުން މިއަހަރު ދަރުމަވެރިންގެ ދުވަސް ފާހަގަ ނުކުރާ ކަމަށް ބުނެވިދާނެއެވެ.

ދަރުމަވެރިން މުޖުތަމައަށް ކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކޮށް މިފަދަ ކަންކަމަށް ހިތްވަރު ދިނުމަށް މިދިޔަ ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާއިރު، ސަރުކާރުން ދަރުމަވެރިންގެ އަގުވަޒަން ކުރައްވާނެ ކަމަށް މިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރ އަޒްލީން އަހްމަދު ވިދާޅުވެފައިވެ އެވެ. ދަރުމަވެރިކަމުގެ މަސައްކަތުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކޮށް 2016 ވަނަ އަހަރު ވަނީ ދަރުމަވެރިންނަށް ޒުވާނުންގެ އިނާމު ދޭން ފަށާފައެވެ.

ދަރުމަވެރީންގެ އަގުހުރި މަސައްކަތަކީ އެންމެ ދުވަހަކުން ފާހަގަކޮށްލެވޭ ވަރަށް ވުރެ ފުޅާ އެއަށް ވުރެ މާ އަގުހުރި ގައުމީ ހިދުމަތެކެވެ. ދަރުމަވެރީންގެ މަސައްކަތް ބަލައިގަތުމަކީ އަމިއްލަ ޖަމިއްޔާތަކުން ފެށިގެން އަމިއްލަ ފަރުދުންވެސް ކުރަންޖެހޭ ކަމެކެވެ. އެހެންނަމަވެސް ހިތާމައަކީ މިފަދަ ކޮންމެ ދުވަހެއްގައި ބާއްވާލެވޭ ކުޑަކުޑަ އިވެންޓަކުން ނިމޭ ކަމަކަށް މިފަދަ ކަންކަންވެސް ވެގެންދާ ކަމެވެ.
ހިޔާލު