Khashoggi ge Maruge Fahathugai Vanee Saudi Valee Ahudu - Senator Corker
image
ސެނެޓަރ ކޯކަރ -
0 ކޮމެންޓް
 

ހަޝޯގީގެ މަރުގެ ފަހަތުގައި ވަނީ ސައުދީ ވަލީ އަހުދު ކަމަށް ސެނެޓަރ ކޯކަ ވިދާޅުވެއްޖެ

ތުރުކީގައި ހުންނަ ސައުދީ އެމްބަސީތެރޭގައި ވަރަށް ރަހުމުކުޑަކޮށް މަރާފައިވާ ނޫސްވެރިޔާ ކަޝޯގީގެ މަރުގެ ފަހަތުގައި ވަނީ ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކަމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސެނެޓަ ބޮބް ކޯކަ ވިދާޅުވެއްޖެއެވެ. kobadoctor
ވޮޝިންގްޓަން ޕޯސްޓްގެ ނޫސްވެރިޔާ ކަޝޯގީގެ މަރާ ބެހޭގޮތުން ސެނެޓަރުންނަށް ބޭއްވި ސިއްރު ބައްދަލުވުމެއް ނިންމަވާލެއްވުމަށް ފަހު މީޑިއާ އާ ވާހަކަ ދައްކަވަމުން ކޯކަ ވިދާޅުވީ މި މައްސަލައިގައި ފިޔަވަޅު އެޅުމަށް ވައިޓް ހައުސްއިން ފަސްޖެހޭ ކަމަށާއި ވައިޓް ހައުސްގެ އިތުރުން ސައުދީއާ ދޭތެރޭވެސް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށެވެ.

ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އަމަލްތަކުގެ ސަބަބުން ވަލީ އަހުދުގެ އިތުރުން ސައުދީ އަރަބިއްޔާއާ އޮތް ގުޅުން ކުޑަކޮށް ޓެނެސީގެ ސެނެޓަ ބޮބް ކޯކަގެ އިތުރުން ސައުތު ކެރޮލައިނާގެ ސެނެޓަ ލިންޑްސީ ގްރެހަމް ވަނީ ދެބޭފުޅުން ގުޅިގެން އިތުރު ބިލެއް ހުށައަޅުއްވަން ނިންމަވާފައެވެ. ސައުދީން އިސްނަގައިގެން ޔަމަނުގައި ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ހިއްސާ ހަނި ކުރުމަށް މި ބިލުގައި ހުށައަޅުއްވާނެ ކަމަށް ބެލެވެ އެވެ.

ސައުދީ ވަލީ އަހުދުގެ ނަން މުހައްމަދު ބިން ސަލްމާން ކުރުކޮށް ބޭނުންކުރައްވަމުން ކަޝޯގީ މަރާލެވިފައިވަނީ އެމްބީއެސްގެ ސީދާ އަމުރުފުޅަށް ކަމަށް ގަބޫލު ނުކުރެވޭނަމަ އެމީހަކީ ގަސްތުގައި ހަގީގަތް ލޮލު ކުރިމަތީ އޮތް ނަމަވެސް ގަބޫލު ނުކުރާނެ މިހެއް ކަމަށް ގްރަހަމް ވިދާޅުވި އެވެ.

ކަޝޯގީގެ މަރުގެ މައްސަލައިގައި ސައުދީގެ ދައުރެއް ނުވާކަމަށް އެންމެ ފުރަތަމަ އެގައުމުން ބުނެފައިވީ ނަމަވެސް ތުރުކީވިލާތުން މި މައްސަލައިގެ ތަހުގީގުން ހާމަވަމުންދިޔަ މުހިއްމު މައުލޫމާތުތައް މީޑިއާއަށް ހިއްސާ ކުރަން ފެށުމާއެކު މި މައްސަލައިގައި ތުރުކީގެ ތަހުގީގުން އާއްމު ކުރަމުންދިޔަ މީހުންގެ މައްސަލަތައް ބަލާނެ ކަމަށް ސައުދީން ބުނެފައިވެ އެވެ.

ސައުދީ އަރަބިއްޔާއިން މީގެ ކުރިން ދެއްކި ވާހަކަތައް ހަމަނުޖެހި ފަހުން އާ ވާހަކަތަކެއް ދައްކަން މަޖުބޫރުވެގެންދިޔައީ ތުރުކީވިލާތުގެ ސަރުކާރުން މި މައްސަލައިގެ އެންމެ ފުނަށް ފީނަން ފެށުމުންނެވެ. މިގޮތުން ކަޝޯގީގެ ހަށިގަނޑު ފެނިފައި ނުވުމުން އެކަން ހިނގައިދިޔަ ގޮތް ބެލުމަށް ތުރުކީން ދިން އިސްކަމުގެ ސަބަބުން ސައުދީ އަރަބިއްޔާއަށް މި މައްސަލައަށް އަޅާނުލާ ދޫކޮށްލެވޭ ގޮތެއް ނުވިއެވެ.
ހިޔާލު