The Kapil Sharma Show ge Furathama Mehemaanakah Salman
image
ކަޕިލް އާއި ސަލްމާނު---
0 ކޮމެންޓް
 

'ދަ ކަޕިލް ޝަރުމާ ޝޯ' ގެ ފުރަތަމަ މެހެމާނަކަށް ސަލްމާނު

އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރްމާގެ ޝޯއެއް ކަމަށްވާ 'ދަ ކަޕިލް ޝަރުމާ ޝޯ' ގެ ފުރަތަމަ މެހެމާނެއްގެ ގޮތުގައި ގެނެސްދޭނީ ބޮލީވުޑު އެކްޓަރު ސަލްމާނު ހާން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. Dhiraagu
ސޮނީ ޓީވީގެ އޮފިޝިއަލް އިންސްޓާގުރާމު ޕޭޖުން އެޝޯގެ ޓީޒާ މިދިޔަ މަހު 28 ގައި ދައްކާލާފައިވާއިރު އެޝޯގެ ފުރަތަމަ އެޕިސޯޑުގެ ޝޫޓިން މިހާރު ވަނީ ފަށާފައެވެ. އެގޮތުން އެއެޕިސޯޑުގައި ފެނިގެންދާނީ ސަލްމާނު ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން އެއެޕިސޯޑުގެ ވަކި ހިސާބަކުން ސަލްމާނުގެ ކޮއްކޮ އަރްބާޒު ހާނާއި، ސޯހިލް ހާން އަދި ސަލްމާނުގެ ބައްޕަ ސާލިމް ހާނު ވެސް ބައިވެރިވާނެ ކަމަށް ނޫސްތަކުން ވަނީ ބުނެފައެވެ.

ގިނަ ބައެއްގެ ތަރުހީބު ލިބުނު އެޝޯއިން ފެނުނު މޫނުތަކުގެ ތެރޭގައި ކަޕިލް ޝަރުމާ، ސުނިލް ގުރޯވާ، ސުމޯނާ ޗަކްރުވަތީ، ކިކު ޝަރްދާ، ޗަންދަން ޕްރަބާކަރް އަދި ރޮޗެލްލެ ރާއޯ ހިމެނެއެވެ. ނަމަވެސް މިފަހަރު ސުނިލް ގުރޯވާ ފެނިގެން ނުދާނެއެވެ. އަދި އޭނާގެ ބަދަލުގައި ފެނިގެންދާނީ ކްރިޝްނާ އަބީޝޭކް އާއި ބާރްތީ ސިންގެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި އެޝޯ މެދުކަނޑާލީ ޝޯގައި މަސައްކަތްކުރާ ސުނިލް ގްރޯވާއާ ކަޕިލްއާ މެދު ޖެހުނު މައްސަލަތަކަކާ ގުޅިގެންނެވެ. ނަމަވެސް އެހަބަރު ދޮގުކޮށް ކަޕިލް ބުނީ އެޝޯ މެދުކަނޑާލާފައިވަނީ އޭނާގެ ބަލިހާލަތު ހުރިގޮތުން ކަމަށެވެ. މިދިޔަ އަހަރު އެޝޯ މެދުކަނޑާލިއިރު، އެޝޯ ފަށާފައިވަނި 2016 ވަނަ އަހަރުއެވެ.
ހިޔާލު