Simmba ge Furathama Lava Nerefi
image
ސިމްބާގެ ލަވައިގެ މަންޒަރެއް---
0 ކޮމެންޓް
 

ސިމްބާގެ ފުރަތަމަ ލަވަ ނެރެފި

ބޮލީވުޑުގެ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ޑައިރެކްޓު ކުރާ ފިލްމު 'ސިމްބާ'ގެ ފުރަތަމަ ލަވަ ނެރެފިއެވެ. muni
ރަންވީރު ސިންގް ލީޑު ރޯލުން ފެނިގެންދާ ފިލްމުގެ ޓްރެއިލާ މިމަހު ތިން ވަނަ ދުވަހު ނެރެފައިވާއިރު އެ ޓްރެއިލާ އަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފަ އެވެ. ގިނަ ބަޔަކު ރަންވީރުގެ އެކްޓިން އަށް ތައުރީފު ކުރަމުން އަންނައިރު އެފިލްމުގެ ފުރަތަމަ ލަވަ މިއަދު ވަނީ ނެރެފައެވެ.

ރަންވީރާ އެކު އެލަވައިން ފެނިގެންދިޔައީ ފިލްމުގެ ލީޑު ބަތަލާ ސާރާ އަލީ ހާނެވެ. މިލަވައަކީ ކުރީގެ މަޝްހޫރު ލަވަ 'އާކް މާރޭ' ގެ އާ ވާޝްނެކެވެ. ރަންވީރާއި ސާރާގެ ނެށުން ފެނިގެންދާ އެލަވަ ކިޔާފައިވަނީ ނެހާ ކައްކަރާއި މިކާ އާއި ކުމާރު ސާނު އަދި ތަނީޝް ބަގްޗީއެވެ.

އެފިލްމަކީ ރޯހިތުގެ ސްޓައިލްގައި އަންހެނުން ބާރުވެރި ކުރުމާ ބެހޭގޮތުން ތައްޔާރުކުރާ ފިލްމެކެވެ. ގިނަ ބަޔަކު ފިލްމު ނެރޭނެ ދުވަހަކަށް އިންތިޒާރު ކުރަމުން އަންނަ އެ ފިލްމުގައި ރަންވީރު ފެނިގެން ދަނީ ފުލުހެއްގެ ގޮތުގަ އެވެ.

ސިމްބާ އަކީ ބޮޑު ކާމިޔާބީއެއް ލިބިފައިވާ ތަމަޅަ ފިލްމު "ޓެމްޕާ"ގެ ނަކަލެކެވެ. ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން ނެރޭ އެފިލްމު ނެރޭނީ މިމަހު 28 ގައެވެ.
ހިޔާލު