Canada in Huawei ge CFO Hayyaru Kohfi
image
ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސާ މެންގް ވާންޖޯ.-- ފޮޓޯ: އީޕީއޭ
0 ކޮމެންޓް
 

ކެނެޑާ އިން ވާވޭގެ ސީއެފްއޯ ހައްޔަރު ކޮށްފި

ކެނެޑާ އިން، ޗައިނާގެ މަޝްހޫރު ވާވޭ ކުންފުނީގެ ފަންއުންޑަރުގެ އަންހެން ދަރި އަދި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) މެންގް ވާންޖޯ ހައްޔަރު ކޮށްފި އެވެ. kobadoctor
ވާވޭ ކުންފުނީގެ ޑެޕިއުޓީ ޗެއާ ކަން ވެސް ކުރައްވާ ވާންޖޯ ހައްޔަރު ކުރީ މި މަހުގެ އެއްވަނަ ދުވަހު ކަމަށް އެ ކުންފުނިން ބުނެ އެވެ. ނަމަވެސް އޭނާ ހައްޔަރު ކުރި ސަބަބެއް މިހާތަނަށް އެ ގައުމުން ހާމަ ނުކުރާތީވެ، ސާފު ނުވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކެނެޑާ އިން އޭނާ ހައްޔަރު ކުރީ އެމެރިކާ އިން އެދިގެންނެވެ. އަދި ތަހުގީގަށް އޭނާ އެމެރިކާގެ ބެލުމުގެ ދަށަށް ބަދަލު ކުރާނެ ކަމަށް މީޑިއާ ތަކުން ބުނެ އެވެ.

ވާންޖޯ އެމެރިކާ އަށް ގެންދަން އުޅޭއިރު، އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ އެ ކުންފުނިން ހިލާފުވި ކަމަށް އެމެރިކާ އިން ތުހުމަތު ކުރެ އެވެ. އެ ގައުމުން އަންނަނީ އެ ކަން ތަހުގީގު ވެސް ކުރަމުންނެވެ.

ނަމަވެސް ވާވޭން ވަނީ، ވާންޖޯ ހައްޔަރު ކުރަން ޖެހޭ ވަރުގެ ކަމެއް ކުރިކަން އެ ކުންފުންޏަށް އެނގިފައި ނުވާ ކަމަށް ބުނެފަ އެވެ.

ކެނެޑާގައި ހުންނަ ޗައިނާ އެންބަސީން ވެސް ވަނީ ވާންޖޯ ހައްޔަރު ކުރުމުން އެކަމާ ދެކޮޅަށް ޕްރޮޓެސްޓް ކޮށްފަ އެވެ.
ހިޔާލު