Cuba Rayyithunnah 3G Internet Dhookuran Fashanee
image
މިއަދުން ފެށިގެން ކިއުބާ ރައްޔިތުންނަށް 3ޖީ ޚިދުމަތް ލިބޭނެ.-- ފޮޓޯ: ގެޓީ އިމޭޖަސް
0 ކޮމެންޓް
 

ކިއުބާ ރައްޔިތުންނަށް 3ޖީ އިންޓަނެޓް ދޫކުރަން ފަށަނީ

މިއަދަކީ ކިއުބާ އަށް ބޮޑު ދުވަހެކެވެ؛ އެ ގައުމުގެ ރައްޔިތުންނަށް އާންމުކޮށް 3ޖީ އިންޓަނެޓް ދޫކުރަން ފަށަނީ އެވެ. Dhiraagu
މިހާތަނަށް އެ ގައުމުގެ ރައްޔިތުން އިންޓަނެޓް ބޭނުން ކުރުމަށް ބަރޯސާ ވެފައިވަނީ ވަކި ސަރަހައްދުތަކުގައި ކަނޑައަޅާފައިވާ ލޯކަލް ހޮޓްސްޕޮޓް ތަކަށެވެ. އަދި އިންޓަނެޓް ކެފޭ ތަކަށެވެ.

ކިއުބާގައި 3ޖީ އިންޓަނެޓް މިހާތަނަށް ބޭނުން ކުރުމުގެ ހުއްދަ އޮތީ ވަރަށް މަދު ބަޔަކަށެވެ. އެ ގައުމުގައި ހަރަކާތްތެެރިވާ ބޭރު ކުންފުނިތަކަށް ވެސް މިހާތަނަށް 3ޖީ އިންޓަނެޓް ދޫކޮށްފަ އެއް ނުވެ އެވެ.

މިއަދު އެ ގައުމުގައި 3ޖީ ހިދުމަތް ދޫކުރަން ފަށަނީ އެ ގައުމުގެ ހަމައެކަނި ޓެލެކޮމް ކުންފުނި އެތެކްސާ އިންނެވެ. އެ ކުންފުނިން ނެރެފައިވާ ޕެކޭޖުތަކުގެ އަގު އުޅެނީ، މަހަކަށް 600 އެމްބީ ހަތް ޑޮލަރަށެވެ. އަދި ހަތަރު ޖީބީގެ ޑޭޓާ ޕެކޭޖެއް އުޅެނީ 30 ޑޮލަރަށެވެ.

އިންޓަނެޓް ބޭނުން ކުރާއިރު ކިއުބާގެ ޑޮމެއިން ބޭނުންކުރާ ވެބްސައިޓުތަކަށް ވަންނަ ނަމަ 300 އެމްބީގެ ބޯނަސް ޑޭޓާ ލިބޭނެ ކަމަށް އެތެކްސާ އިން ވަނީ ބުނެފަ އެވެ.

އާންމުންނަށް މުޅިން އަލަށް އެ ގައުމުގައި 3ޖީ ހިދުމަތް ދޭންފެށި އިރު، ޕެކޭޖުތަކުގެ އަގު ބޮޑުވުމުން 3ޖީ ބޭނުން ކުރެވޭނީ ވަރަށް މަދު ބަޔަކަށެވެ. އެގޮތުން 11.2 މިލިޔަން މީހުންގެ އާބާދީގައި އެވްރެޖު މުސާރަ އަކީ މަހަކަށް 30 ޑޮލަރެވެ.
ހިޔާލު