Facebook Group thakaai Page thah vikkun manaa kohfi
image
ވިއްކާ ގުރޫޕްތަކާއި ޕޭޖުތައް ރިޕޯޓް ކުރުމަށް ފޭސްބުކުން އެދޭ.
0 ކޮމެންޓް
 

ފޭސްބުކް ގުރޫޕްތަކާއި ޕޭޖުތައް ވިއްކުން މަނާ ކޮށްފި

ފޭސްބުކް ގުރޫޕްތަކާއި ޕޭޖުތަކުގެ އެޑްމިނިސްޓްރޭޓިވް ރައިޓްސް ވިއްކުމަކީ މަނާކަމެއްގެ ގޮތުގައި އެ ކުންފުނިން ކަނޑައަޅައިފި އެވެ. dhi2
އެފްބީ ގުރޫޕްތަކާއި ޕޭޖުތައް ވިއްކުން މަނާކުރި އިރު ދާދިފަހުން ބީބީސީން ވަނީ އެކަމާ ގުޅޭ ރިޕޯޓެއް ގެނެސްދީފަ އެވެ. ބީބީސީގެ ރިޕޯޓުގައި ބުނާގޮތުގައި، އާންމުކޮށް ގިނަ ބަޔަކު ލައިކް ކޮށްފައިވާ ޕޭޖުތައް ނުވަތަ ގިނަ ބަޔަކު އުޅޭ ގުރޫޕްތައް ގަންނަނީ ވިޔަފާރިތައް ޕްރޮމޯޓް ކުރުމަށެވެ.

ގުރޫޕެއް ނުވަތަ ފޭސްބުކް ޕޭޖެއް ވިއްކާ ކަން އެނގޭނަމަ އެކަން ފޭސްބުކަށް ރިޕޯޓް ކުރުމަށް އެ ކުންފުނިން އެދެ އެވެ. އަދި ރިޕޯޓް ކުރުމުން އެކަން ބެލުމަށް ފަހު، އެ ގުރޫޕެއް ނުވަތަ ޕޭޖެއް ޑިސޭބަލް ކުރާނެ ކަމަށް އެފްބީން ވަނީ ބުނެފަ އެވެ.

ފޭސްބުކުން ބުނީ ބީބީސީގެ ރިޕޯޓުގައި، ވިއްކާފައިވާ ކަމަށް ބުނެފައިވާ ޕޭޖުތައް މިހާރު ޑިސޭބަލް ކޮށްލާފައިވާ ކަމަށެވެ. އަދި އެކަން މަނާވަނީ، ފޭސްބުކްގެ ކޮމިއުނިޓީ ސްޓޭންޑާޑް އުސޫލުގެ ދަށުން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ހިޔާލު