Ekta ge Ahdhabahun Gina Adhadhehge Rufiyathakeh Vagah Nagaifi
image
އެކްތާ ކަޕޫރު---
0 ކޮމެންޓް
 

އެކްތާ ކަޕޫރުގެ އަތް ދަބަހުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ޑައިރެކްޓަރ އެކްތާ ކަޕޫރުގެ އަތް ދަބަހުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ. dhi2
ރިޕޯޓުތައް ބުނާގޮތުގައި އެކްތާ އަތްދަބަހުން 40 ހާސް ރުޕީޒް ނުވަތަ ދިވެހި ރުފިޔާއިން ބަލާނަމަ 13،000 އަށްވުރެ ގިނަ ރުފިޔާ ނަގާފައެވެ. އަދި އެ ފައިސާ ގެއްލިގެން އޭނާވަނީ ޕުލުހުންނަށް މިދިޔަ ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައެވެ. މިހާ ތަނަށް އެމައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް ފަސް މީހަކަށް ވަނީ އެކަމާ ގުޅިގެން ސުވާލުކޮށްފައެވެ.

ސުވާލު ކޮށްފައިވާ ފަސްމީހުންގެ ތެރޭގައި އެކްތާގެ ޑްރައިވަރާއި ގޭގައި މަސައްކަތް ކުރާ މީހުން ވެސް ހިމެނެއެވެ. ޖުހޫގެ ފުލުހުން ވަނީ އެފަސް މީހުންގެ ބޭންކު އެކައުންޓާއި ގޭގެ އެޑްރެސް އަދި އެހެނިހެން މައުލޫމާތު ނަގާފައެވެ. ނަމަވެސް އެމީހުންނާ ހިލާފު އެއްވެސް ހެއްކެއް އަދި ލިބިފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކްތާ ބުނިގޮތުގައި ވައްކަންކުރި ވަގުތު ދަބަހުގައި ހަ ލައްކައަށްވުރެ ގިނަ އިންޑިއަން ރުޕީސް ހުންނާނެކަމަށެވެ.

އެކްތާ ވަނީ ގިނަ ޓީވީ ޑުރާމާތައް ވެސް ހަދާފައެވެ. އޭގެ ތެރޭގައި ކުމް ކުމް ބާގްޔަ، ކަހާނީ ގަރް ގަރް ކީ، ބަޅޭ އައްޗޭ ހަގްތޭހޭ، ކަސޯޓީ ޒިންދެގީ ކީ ހިމެނެއެވެ. އަދި އޭނާ ހަދާފައިވާ ބައެއް ފިލްމު ތަކުގެ ތެރޭގައި ވީރޭ ދި ވެޑިން، ކިޔާ ކޫލް ހޭ ހަމް 3، އަ ފުލައިން ޖެޓް ހިމެނެއެވެ.
އެކްތާ ކަޕޫރު
ހިޔާލު