Vihsaaraigai Kulhivaru kulhey Ehves Facilityakah Gehlumeh Nuvey : Ministry
image
މާފަންނު ޓާފް ދަނޑް:---
0 ކޮމެންޓް
 

ވިއްސާރައިގައި އެއްވެސް ކުޅިވަރު ފެސިލިޓީއަކަށް ގެއްލުމެއްނުވޭ : މިނިސްޓްރީ

އިއްޔެ މާލެއަށް ކުރި ވިއްސާރައިގަ ކުޅިވަރު ކުޅޭ އެއްވެސް ތަނަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ބުނެފިއެވެ. muni
އެ މިނިސްޓްރީގެ އޮފިސަލަކު ވިދާޅުވީ އިއްޔެ މާލެއަށް ކުރި ވިއްސާރާއިގައި ކުޅިވަރު ކުޅޭ އެއްވެސް ތަނަކަށް އަދި ވަސީލަތަކަށް ބޮޑު ގެއްްލުމެއް ލިބުނުކަމަށް މައުލޫމާތު ލިބިފައިނުވާކަމަށެވެ.

ޔޫތު މިނިސްޓްރީއިން ވާހަކަ ދެއްކި އޮފިސަލް ސީއެން އެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް، ޔޫތު ސެންޓަރ ގްރައުންޑް ފުލޯގައި ހުންނަ ބިލިއާރޑް އެސޯސިއޭސަން ހިނގަމުންދާ އިމާރާތަށް ކޮންމެސް ވަރަކަށް ފެންވަދެފައިވާކަމަށެވެ. "ބިލިއާރޑް އެސޯސިއޭސަން ފުލޯއަށް ކޮންމެސް ވަރަކަށް ވަނީ ފެންވަދެފަ. ނަމަވެސް މާ ބޮޑު ގެއްލުމެއް ނުލިބެ. ނަމވެސް އަދިވެސް މިދަނީ ބަލަމުން ގެއްލުމެއް ލިބިފައިވޭތޯ" ސީއެންއެމްއާ ވާހަކަ ދައްކަމުން ޔޫތުމިނިސްޓްރީގެ އޮފިސަލް ވިދާޅުވިއެވެ.

މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި ކުޅިވަރު ކުޅޭތަނަކަށް މާބޮޑް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް މާލޭގައި ކުޅިވަރު ދަނޑުތަށް ހުންނަ ގިނަ ސަރަހައްދު ތަކެއްގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެގޮތުން މާފަންނު ސުޓޭޑިއަމް ހިމެނޭ ސަރަހައްދުގައި އަމީނީ މަގާއި ގަޅޮޅު ރަސްމީ ދަނޑު ހުންނަ ސަރަހައްދު ގައި މަޖީދީ މަގުގައި ވެސް ފެންވަނީ ބޮޑްވެފައެވެ. ނަމވެސް މީގެން އެއްވެސް ސުޓޭޑިއަމަކަށް ގެއްލުމެއް ލިބިފައިނުވެއެވެ.

އިއްޔެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 8:00 އަށް މާލެއަށް ވިއްސާރަ ކުރި އިރު މާލޭގެ ވަރަށް ގިނަ ހިސާބުތަކެއްގައި ހިނގާބިނގާވެ އެއްޗެހި ދުއްވުމަށް ދަތިވާވަރށް ވަނީ ފެންބޮޑުވެފައެވެ. ނަމަވެސް އެމްއެންޑީއެފް އާ އާންމު ރައްޔިތުން ކުރި މަސައްކަތުން ރޭގެ ފަތިހުގެ ވަގުތެއްގައިވަނީ ހުރިހާ މަގުތަކަކުން ފެން ހިއްކައިފައެވެ.
ހިޔާލު