Fenboduvany Rasfannaai Ring Road Maleahvure Usvumun: Thajuribakaarun
image
މާލޭގެ މަލަމަތިން ރަސްފަންނު ފެންނަ ފޮޓޯޢެއް: ފޮޓޯ ސޯޝަލް މީޑިއާ
4 ކޮމެންޓް
 

ފެން ބޮޑުވަނީ ރަސްފަންނާއި ރިންގުރޯޑު މާލެއަށްވުރެ އުސްވުމުން: ތަޖުރިބާކާރުން

މާލޭގައި އާދަޔާ ހިލާފަށް ފެން ބޮޑުވަނީ ރަސްފަންނާއި ރިންގުރޯޑު މާލެއަށްވުރެ އުސްވުމުންކަމަށް ތަޖުރިބާ ކާރުން ހާމަކޮށްފިއެވެ.
ސީއެންއެމްއާއި ވާހަކަދެއްވި ހަސަން މުހައްމަދު ކިޔާ ސިވިލް އިންޖިނިއަރެއް ބުނީ މާލެ މިހާރު އެނާއަށް ސިފަވަނީ "މެދަށް ފުންކޮށް ހުރި ތައްޓެއްގެ ސިފައިގައި" ކަމަށެވެ. ސަބަބަކީ މާލޭގެ ވަށައިގެން ހަދާފައިވާ ރިންގު ރޯޑާއި ރަސްފަނު މާލެއަށްވުރެ އުސް ވުމުންނެވެ.

"މާލެ މި އޮންނަނީ މެދަށް ފުންކޮށް ހުރި ތައްޓެއްގެ ގޮތަށް. މާލޭގެ ދެ ފަރާތުގައި މާލެއަށްވުރެ އުސްކޮށް މަގުތައް ހަދާފައި ޕަމްޕު ސްޓޭޝަން ހުއްޓަސް ކިހިނެއްތޯ ފެން ހިނދޭނީ؟ މާލޭގެ އެންމެ ތިރިކޮށް އޮންނަ އެއް ސަރަހައްދަކީ މާފަންނު ކޮޅު. އެއީ ބަޔަކު އަމިއްލައަށް ހިއްކި ސަރަހައްދެއްވެސް އޮންނާނެ. މިހެން އޮއްވާ ރަސްފަންނު މިހެދީ މާލެއަށްވުރެ އުސްކޮށް. ދެން މާލޭގެ ފެން ދައުރުވެގެން ގޮސް މޫދަށް ނޫނީ ކަނޑަށް ފައިބާނެގޮތެއް ނެތް. ނޫނީ މާލެތެެރެއަށްވެސް ފެން ހިންދޭނެ ނިޒާމެއް ނެތް" ދިހައަހަރު ވަންދެން ސިވިލް އިންޖިއަނަރެއްގެ ގޮތުގައި މަސައްކަތްކުރި ހަސަން ފޯނުން ވާހަކަ ދައްކަމުން ބުންޏެވެ.ހަސަން ބުނީ ރިންގު ރޯޑާއި ބުރިޖުވެސް މާލެއަށްވުރެ އުސްކޮށް އޮތުމުން ވާރޭ ވެހި މާލެތެރޭގައި ފެން ބޮޑުވާކަމަށެވެ. އަދި މިހެން މިވަނީ އެކަށީގެންވާ މިންވަރަށް އެސެސްމަންޓު ނުހަދާ މަސައްކަތް ކުރުމުން ކަމަށެވެ.

"ރިނގުރޯޑުވެސް އުސް. އެ ރޯޑުގައި ޕަމްޕު ސްޓޭޝަންވެސް އެބަހުރި. އެ މަގުގައި ފެނެއް ބޮޑެއް ނުވާނެ ގިނަވަގުތަކަށް. ދެން މިވާގޮތަކަކީ ބްރިޖްމަތިން އަންނަ ފެންގަނޑުވެސް އައިސް މި ފައިބާނީ މާލެތެރެއަށް. މާލޭގެ މަގުތަކުގައި ހުރީ ކާނުތައް ބެދިފަ. ޕަންޕުތައް ހަލާކުވެފަ ނޫނީ ކަރަނޓުނެތިފަ. އެކަށީގެންވާ އެސެސްމަންޓު ނުހެދައި ކުރާ މަސައްކަތުގެ ނަތީޖާ މީ،"

އޭނާ ބުނީ ރިންގުރޯޑުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ބޮޑަށް ބަލާފައި ހުރީ ކޮލެޓީއަށްވުރެ އަވަހަށް މަަސައްކަތް ނިންމުމަށް ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހޭ ކޮންމެ ފަހަރަކު އެކަން ކާރިސާއަށް ވާން ނުޖެހޭނެ ކަަމަށާއި، މިފަދަ މައްސަަލަތަކުގެ ހައްލު މިޒަމާނުގައި ފަސޭހައިން ލިބެން އެބަހުރިކަމަށެވެ.

"ދުއިސައްތަ އެތައް މިލިމީޓަރުގެ ވާރޭއަކީ ބޮޑުއަދަދެއް. އެހެންވިއަސް ކީއްވެތޯ ދުއިސައްތަ ވަރަކަށް މިލިމީޓަރުގެ ވާރޭފެން ގެންގޮސް ކަނޑަށް ނޭޅެންވީ. މާލެއަކީ ވަށައިގެން ކަނޑު އޮތް ގައުމެއް. ބޯކޮށް ދެ ފޫޓު ތިން ފޫޓަށް ސްނޯ ފައިބާ ގައުމުތަކުގައިވެސް އާކިޓެކްޗަރަށް (އުންރާނީ) ހައްލު އެބައޮތް ހޯދާފަ. މަގުތަކާ ގެދޮރު ހަދާފައި ހުރީ އެކަންކަމަށް ވިސްނައިގެން. މިއީ ވަރަށް ސިމްޕަލްކަމެއް،"މީގެއިތުރުން އާކިޓެކްޗަރަކު ބުނީ މާލޭގައި ފެން ބޮޑުވާ މައްސަލަ ހައްލުނުވެފައި އޮތީ ދައުލަތުން އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާތީ ކަމަށެވެ. އަދި ކާރިސާތަކުން ސަލާމަތްވުމަށް އެކަށީގެންވާ ބަޖެޓެއް ބޭނުންވާނެކަމަށާއި، އެފަދަ ބަޖެޓެއް މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި އޮތްކަން ކަށަވަރު ނުވާކަމަށެވެ.

"ސަރުކާރުން ނޫނީ ދައުލަތުން އެކަށީގެންވާ އެފާޓެއް ނުދޭ ޑިޒާސްޓާ (ކާރިސާ) މެނޭޖުކުރަން. ކާރިސާއަކީ ބުނެފަ އަންނަ އެއްޗެއް ނޫން. ދައުލަތުގެ ބަޖެޓުގައި އެބައޮތްތޯ ތިބޭފުޅުން ބައްލަވާ މާލޭގައި ވިއަސް އެހެން ރަށެއްގައި ވިއަސް ކާރިސާތަކުން ސަލާމަތްވާނެ ނިޒާމަކަށް ބަޖެޓު. އަޅުގަނޑަށް ހިއެއް ނުވޭ އޮތް ހެނެއް،" އޭނާ ބުންޏެވެ.

މި މައްސަލައިގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވެސް ވަނީ މާލޭގައި ރިންގު ރޯޑު ހަދާފައި އޮތީ "އަމާ ބުނީތީ ފަރަށްދާ އުސޫލުންކަމަށް" ވިދާޅުވެފައެވެ. އަދި ރިންގު ރޯޑު މާލެއަށްވުރެ އުސްކަން މާރިޔާވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ހިޔާލު

މުހައްމަދު

ޢަގަ އޮތީމާ އެއްޗެއްކިޔަނީ ދޯ އިނޖިނޭރު. ހައްލު ދެން މި ސަރުކާރަށް ކިޔައިދީބަލަ. ނުބުނާތި ކޯރެއް ކަނޑާށޭ ސިންޕަލް ކުރަން.

މިރުސް

ރަސްފަންނާއި ރިންގ ރޯޑް އެކަނިތޯ އޮތީ. ބޯހަލާކު

މާނާ

ޜިންގް ރޯޑު ހަދާފަ އޮތީ ފުވައްމުލައް ނަމޫނާ އަކަށް ބަލައިގެން

އިބްރާހީމް

ބަލަ ތިފަރާތަށް ނޭގުނުތާ ރާއްޖެ އުފެދިފައިވާ ގޮތުން ރައްތަށް ހުންނަ ގޮތުން ތައްތަށް ފެން ބޮޑު ވާނެކަން. ބަލަ ފުވައްމުލަކަށް ބަލާ ބަލަ ގުދުރަތީ ގޮތުން އެރަށް އުފެދި ފައި އިނީ ތިބުނާ ތައްޓެއްހެން އެރަށުގައި ފެން ބޮޑުވޭ. ޢިންޖިނިއަރިން ކިޔަވައިގެން ހުއްޓަށް ނެވޭ. ޒަމާނީ ގޮތަށް ވިސްނާފައި ތައްޓެއް ހެން ހުއްޓަސް ކުރެވޭނެ ކަންތައްތައް ތިބޭނެ. ތިޔަ މޮޔަވާހަކަ ނުދައްކާ ކުރެވޭނެ ކަމެއްގެ ވާހަކަ ކަންކުރަން އުޅޭ ބަޔަކަށް ކިޔާދިނުން ބުއްދިވެރި.