Tree Top Hospitalge Namugai Fake Call Thakeh, Samaaluvey!
image
ޓްރީޓޮޕް ހޮސްޕިޓަލް: ފޭކް ކޯލްތަކަށް ސަމާލުވާން ވަނީ އެދިފައި.
0 ކޮމެންޓް
 

ޓްރީޓޮޕްގެ ނަމުގައި ފޭކް ކޯލުތަކެއް، ސަމާލުވާތި!

ހުޅުމާލޭގައި ހުންނަ ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް، ޓްރީޓޮޕްގެ ނަމުގައި ބަޔަކު ފޭކް ކޯލުތަކެއް ކުރަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އެ ހޮސްޕިޓަލުން މިއަދު އެދިއްޖެ އެވެ.
މަތީ ފެންވަރުގެ ހިދުމަތްތައްދޭ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހޮސްޕިޓަލުގެ މުވައްޒަފުންގެ ނަމުގައި އޮޅުވާލައިގެން ބައެއް މީހުންނަށް ގުޅައި، އެކައުންޓަކަށް ލާރި ޖަމާކުރުމަށް ބުނާ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު ގުޅުމަށް ފަހު އެ ގޮތަށް އެކައުންޓަކަށް ލާރި ޖަމާކުރަން ނާންގާނެ ކަމަށް ޓްރީޓޮޕުން ބުނެ އެވެ.

ޓްރީޓޮޕުން ބުނީ އެފަދަ ޝައްކު ކުރެވޭ ކޯލެއް ލިބިއްޖެނަމަ، އެ ކޯލު ކުރާ ފަރާތުން އެދޭ ކަންކަން ނުކޮށް އެ ހޮސްޕިޓަލުގެ ގެސްޓް ސާވިސް އަށް ގުޅުމަށް ނުވަތަ އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

ފަހަކަށް އައިސް ބީއެމްއެލްގެ ނަމުގައި ވެސް ބައެއް މީހުންނަށް ގުޅައި، އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
ހިޔާލު