Jabariya Jodi Nerey Dhuvas Iulaan Koffi
image
ޖަބަރިޔާ ޖޯޑީގެ ޕޯސްޓަރެއް---
0 ކޮމެންޓް
 

"ޖަބަރިޔާ ޖޯޑީ" ނެރޭ ދުވަސް އިއުލާނުކޮށްފި

އޭކްތާ ކަޕޫރު ޑައިރެކްޓުކުރާ ފިލްމު "ޖަބަރިޔާ ޖޯޑީ" ނެރޭ ދުވަސް ހާމަކޮށްފިއެވެ.
ޓުވިޓާ މެދުވެރިކޮށް ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ ސިދާތު މަލްހޯތްރާ ހާމަކޮށްފައިވާއިރު ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ 17 ގައެވެ. މޯޝަން ޕޯސްޓަރެއް މެދުވެރިކޮށް ތާރީހު އިއުލާނުކުރިއިރު ގިނަ ބަޔަކަށް ވަނީ އެޕޯސްޓަރު ކަމުގޮސްފައެވެ.
އެފިލްމު ބިނާކޮށްފައިވަނީ ކައިވެނިކުރަން އުޅޭ ފިރިހެނެއް ކިޑްނެޕް ކުރުމުން ދިމާވާ ހާދިސާ ތަކެއްގެ މައްޗަށެވެ. އެފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާއިރު ފިލްމުގައި ސިދާތުގެ އިތުރުން ޕަރިނީތި ޗޯޕްރާ އަދި ޖާވެދް ޖަފަރޭ ފެންނާނެއެވެ.

ފިލްމުގައި ފެނިގެންނާނެ އިތުރު ކާސްޓުންގެ ނަން ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ. ސިދާތާއި ޕަރިނީތީ ވަނީ މީގެ ކުރިން ފިލްމު "ހަސީތޯ ޕަސީ" ގައި މަސައްކަތް ކޮށްފައެވެ.

ހިޔާލު