Youth minstry muvahzafunah Ministeruge Khaasa Hadhiyaaeh
image
ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރު އަހުމަދު މަހުލޫފް
0 ކޮމެންޓް
 

ޔޫތު މިނިސްޓްރީގެ މުވައްޒަފުންނަށް މިނިސްޓަރުގެ ހާއްސަ ހަދިޔާއެއް

މިނިސްޓުރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގައި މަސައްކަތް ކުރައްވާ މުވައްޒަފުން ވަޒީފާގައި އުޅޭ ވަގުތުގައި ދަރިންނާއި އަދި އާއިލާއެކު ވަގުތު ކޮޅެއް ހޭދަކޮއްލުމުގެ ފުރުސަތު ދިނުމަށް ނިންމައިފިއެވެ.
މިކަން މިއަދު ހާމަ ކުރެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ކުއްވި ޓްވީތެއްގައެވެ.

މަހުލޫފް ވިދާޅުވީ "ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ތުއްތު ދަރިންނަށް، މައިންބަފައިން ވަޒީފާގައި އުލޭ ވަގުތު ޒިޔާރަތްކޮށް ވަގުތު ކޮޅެއް ހޭދަކޮއްލުމުގެ ފުރުސަތު ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ހަމަ ޖައްސައިފި" ކަމަށެވެ.


މިނިސްޓަރ މިގޮތަށް ޓްވީޓްކުރެއްވި ނަމވެސް މިކަން ކުރާނެ އުސޫލެއް ހާމަ ކުރައްވާފައެއް އަދި ނުވެއެވެ. މިކަމާ ގުޅިގެން މިނިސްޓްރީގެ ބަހެއް އަދި ރަސްމީ ކޮއް ލިބިފައެއް ނުވެއެވެ. އަދި ވަގުތު ދީފައިވަނީ ކިހާ މިންވަރަކަށް ކަމެއް ވެސް ހާމައެއް ނުކުރެއެވެ.

މިނިސްޓުރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރކަމަށް އަހުމަދު މަހުލޫފާ ހަވާލު ވުމާއެކު އެ މިނިސްޓްރީއާއި ޒުވާނުންނާ ކުޅިވަރުގެ ކަންކަމަށް ބޮޑެތި ބަދަލު ތަކެއް ގެންނަމުށް އޭނާ އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އެމިނިސްޓްރީގެ މުވައްޒަފުނަށް އެމީހަކު ބޭނުން ސިޔާސީ ފިކުރަކަށް އުލޭވޭވޭނެ ކަމަށާ އެކަން ކަމަށް މަޖުބޫރު ނުކުރައްވާނެ ކަމަށް ނިންމި ނިންމުން ފާހަގަކޮށްލެވެއެވެ.
ހިޔާލު