Raees Ofeehuge Minister Kamah Sameer Ayyankuravvaifi
image
ސަމީރަށް މަގާމު ދެއްވައި ސަފީރުކަމުގެ ފަތްކޮޅު ދެއްވުން - ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޖޭޕީ ސަމީރު އައްޔަނު ކުރައްވައިފި

ޖޭޕީގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ އަހްމަދު ސަމީރު ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަނު ކުރައްވައިފި އެވެ.
ސަމީރަށް މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ސަމީރަކީ އެމްޑީޕީގެ ފަރާތުން ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެއަށްފަހު ޖޭޕީއަށް ސޮއިކުރައްވާ ދެމިހުންނެވީ ޖޭޕީގެ ސެކެރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައެވެ.
ހިޔާލު

ބޯހަލާކު

ސަމީރަށް ދޭންވީ މިނިސްޓަރ ކަމެއްނޫން ސަމީރައްދޭންވީ ބޮޑުވަޒީރުކަން މި އޮއްސަރުކާރެއްތާ ދޯ ކުފޫހަމަނުވާ އެޔތައް ބަޔަކަށް ވަޒީރުކަމާ ސްތޭތް މިނިސްތަރުކަމާ ނައިބުކަން ބަހާ ނަގަނީ ދެން ސަރުކާރުގެ ހިންގުން ކިހާ ރަނގަޅުވާނެތާ ދޯ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކަށް ސަފީރުކަންވެސްދެއްވަނީ ދެން ކީކޭ ބުނާނީ ލަދުން ބޯ ހަލާކު