9 State Ministeraku Ayyan Kohfi
image
މިއަދު އައްޔަން ކުރެއްވި ސްޓޭޓް މިނިސްޓަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ސާލިހު.-- ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

ނުވަ ސްޓޭޓް މިނިސްޓަރަކު އައްޔަން ކޮށްފި

ސަރުކާރުގެ މިނިސްޓްރީތަކަށް، ނުވަ ސްޓޭޓް މިނިސްޓަރަކު ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.
މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޔަން ކޮށްފައިވާ ނުވަ ސްޓޭޓް މިނިސްޓަރުންނަކީ:

- ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހަސަން ޝުޖާއު.
- ފިނޭންސްގެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް އިސްމާއިލް އަލީ މަނިކު.
- ޕްލޭނިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް މުހައްމަދު އަލީ.
- ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް އަލީ ސޯލިހު.
- އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް އަހުމަދު ރިޔާޒު.
- ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް މުހައްމަދު އަހުމަދު.
- ޔޫތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް އަޝްހާދު އަލީ.
- ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް އަހުމަދު ނަޝީދު.
- ޖެންޑާ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ފަޒްނާ ޝާކިރު.

އެ ބޭފުޅުންގެ އިތުރުން މިއަދު ރައީސް އޮފީހުގެ މިނިސްޓަރަކަށް، ޖޭޕީގެ ސެކެޓްރީ ޖެނެރަލްގެ މަގާމު އަދާކުރައްވަމުން ގެންދަވާ އަހްމަދު ސަމީރު ވަނީ އައްޔަން ކުރައްވާފަ އެވެ.

މީގެ ކުރިން ވެސް އެކި މިނިސްޓްރީ ތަކަށް 14 ސްޓޭޓް މިނިސްޓަރަކު ވަނީ އައްޔަން ކޮށްފަ އެވެ. ސަރުކާރުން ވަނީ 39 ސްޓޭޓް މިނިސްޓަރުންނާއި، 50 ޑެޕިއުޓީ މިނިސްޓަރުން އައްޔަންކުރަން ނިންމައިފަ އެވެ.
ހިޔާލު

ކާލި

ބަޖެޓް އެކުއެކީ ހަރަދު ވާނީ ތިޔަ މީހުނަށް ނުންތޯ ؟