Raees Salihge Vaudhu Fuhdhanvee Gotheh PPM akah Neygeyne: Rozaina
image
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ:---
4 ކޮމެންޓް
 

ރައީސް ސާލިހުގެ ވައުދު ފުއްދަންވީގޮތެއް ޕީޕީއެމްއަކަށް ނޭގޭނެ: ރޮޒޭނާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުތައް ފުއްދަންވީ ގޮތް ޕީޕީއެމްއަށް ނޭގޭނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިހެން ވިދާޅިވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހަޅުއްވާފައިވާ، ބިޑް ކުރުމަކާއި ނުލާއި ފަތުރުވެރިކަމަށް ރަށާ، ބިން އަދި ފަޅު ދޫނުކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އެ މަނިކުފާނުގެ ވަޢުދުތައް ފުއްދަވާނެ.އެއްގޮތަކަށްވެސް އެ މަނިކުފާނުގެ ވަޢުދުތައް ފުއްދުން ޕީ.ޕީ.އެމާ ހަވާލުކުރެވިފައެއް ނުވޭ. އަދި ޕީ.ޕީ.އެމަކަށް ނޭނގޭނެ އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ވަޢުދުތައް ފުއްދާނީ ކޮންގޮތަކަށް، ކޮންތަރުތީބަކުން، ކިހިނެއްތޯ؟ އަޅުގަނޑުމެންނަށް މިފެންނަނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ރައްޔިތުން ރޮއި ރޮއި ތިއްބާ މި މަޖިލީހުގެ ތެރޭގައި ރައްޔިތުންގެ މަންދޫބުން އާދޭސްކޮށްކޮށް ތިއްބާ ބޭނުންހާ ގޮތަކަށް ބަދަލުކުރި ގާނޫނުތައް، އެ ދުވަހު ކޮރަޕްޝަނާ ވައްކަމަށް މަގުފަހިކުރުމަށްޓަކައި ބަދަލުކުރި ގާނޫނުތައް މިއަދު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ބޯމަތިވީމާ އައިސް ރައްޔިތުން ބޭނުންވީ ގޮތްކަން އެނގިއްޖޭ ކިޔާފައި މި ތަނަށް ބެލުމެއް ، ކެހުމެއް ނެތި އިޞްލާޙުތައް ހުށަހަޅަމުންދާ މަންޒަރު،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ދިވެހިރާއްޖެ ކޮރަޕްޝަނުގެ ހާއްޔަކަށް ނިމިިދިޔަ ވެރިކަމުގައި ބަދަލުކޮށްލީ އޭރުވެސް ރައްޔިތުން ބޭނުންވާ ގޮތް ނޭގިގެން ނޫންކަމަށެވެ.

"ބިން ވިއްކަން ފާސްކުރިއިރުގައި ރައްޔިތުން ބޭނުންވާ ގޮތް ނޭނގިތޯ އޮތީ؟ މުޅި ރާއްޖޭގައި އިހުތިޖާޖުތައް ކުރަމުންގެންދިޔައީ. ރައްޔިތުން ބޭނުންވާ ގޮތް ނޭނގިގެނެއް ނޫން. ޓުއަރިޒަމް ގާނޫނަށް ބަދަލުގެނެސްގެން ބިޑުކުރުމެއް ނެތި، އީ.ޕީ.އޭގެ އެއްވެސް ކަހަލަ ބެލުމެއްނެތި، އެ ހުރިހައި ބާރުތަކެއް ވެސް ޓުއަރިޒަމް މިނިސްޓްރީގެ ތެރެއަށް ގެނެސްގެން، މި ހުރިހައި ކަމެއް ކުރީ ރައްޔިތުން ބޭނުންވެގެންތޯ؟،" އިސްލާހާމެދު ބަހުސް ކުރައްވަމުން ރޮޒޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ގާނޫނަށް ރިފާއު އިސްލާހު ހުށަހަޅުއްވާފައިވަނީ އެ ގާނޫނު ފަސް ވަނަ މާއްދާއަށެވެ. އެ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ "ފަތުރުވެރިކަމާ ގުޅޭ ކަންކަމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން އާންމުކޮށް އިއުލާނުކޮށްގެން ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ކުއްޔަށް" ދޭން ޖެހޭނެކަމަށެވެ.

ރިފާއުގެ އިސްލާހަށް އެކަށީގެންވާ މިންވަރަށް ވޯޓު ނުލިބި އެ އިސްލާހު ވަނީ މަޖިލީހުން ބޭރުވެފައެވެ.

މީގެ އިތުރުން ފަތުރުވެރިކަަމަށް ދޫކުރާ ތަންތަނުގެ ލިސްޓެއް ރައީސް އޮފީހުގެ ބެލުމުގެ ދަށުން ޓޫރިޒަމް މިނިސްޓްރީން އާންމުކުރުމަށްވެސް ބިލުގައި ހުށަހަޅާފައިވެއެވެ.

މިބިލު ބަލައި ގަތުމަށް ވޯޓަށް އެހިއިރު މަޖިލީހުގައި ތިބީ 63 މެމްބަރުންނެވެ. ފެންނަކަމަށް ވޯޓު ވޯޓު ދިނީ 22 މެމެބްރުންނެވެ. ނުފެންނަކަމަށް ވޯޓު ދިނީ 41 މެމްބަރުންނެވެ.ހިޔާލު

ޜަސްގެފާނު

ރޮޒޭ ކަލޭ އަނގަ ނުތަޅާ ކަލޭ ވެސް ވޭތިވެދިޔަތަނުގަ މަޖިލީހުގައި ވޯޓްލީ އަދީބުއާ ޑީލްތައް ހަދައިގެން

އަހުމަދު

އިނގޭނެ ، ބުނެވޭނެ ބީތާ. އެންމެންވެސް ޓެކްސް ދައްކާ. އެހެންވީމަ ކޮންމެ މީހަކަށް ވެސް ބުނެވޭނެ.

އަސްމައްތަ

ބޮޗޭ އަދިކިރިޔާތޯ ކަލެއަށްހޭވެރިކަންތިވީ؟ ހަމަތިމަޖިލީހުން ބޮޗޭމެންގެ މެޖޯރިޓީ އޮތްއިރު ހިތުހުރިގޮތަކަށް ޤާނޫނުތައްބަދަލުކޮށްފަ އެކަމުގެ ނާޖާއިޒް ފައިދާނެގުމަށްފަހު އަނެއްކާހަމަކުރިން އެޤާނޫނުއޮތްގޮތައް ބަދަލުކުރަންތިއުޅެނީ ބޮޗޭމެންހީކުރަނީ ދިވެހި ލޮބުވެތިރައްޔިތުންމީ ތަންދޮރުނުދައްނަ ގަމާރުންކަމައްތޯ؟ ބޮޗޭމެން މަޖިލީހުގައި ހޭވިހަޑި ރައްޔިތުންމިތިބީ ވަރަށްކައިރިންބަލަން އިނގޭތޯ.

މުހައްމަދު

ރައީސްގެ އަމިއްލަފުޅު ސޮއިގައި ލިޔުއްވަނީ އިބުރާހީމް. ދެން އަހަރެމެން ކީއްވެބާ ރައީސް އިބުރާހީމޭ ނުކިޔަނީ. ރައީސް ޞާލިޙޭ މިކިޔަނީ. މުޙައްމަދު ޞާލިޙު އެއީ އެމަނިކުފާނުންގެ ބައްޕާފުޅުގެ ނަންފުޅު.