Ummeedhukuranee PGge Nimmunthah Reviewkurun Harudhana Kamaeku Kuriyah Gendhiun: Raees Nasheed
image
1 ކޮމެންޓް
 

ޕީޖީގެ ނިންމުންތައް ރިވީއުކުރާ ޔުނިޓް ހަރުދަނާކަމާއެކު ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރަން: ރައީސް ނަޝީދު

ޕްރޮސެކިއުޓާ ޖެނެރަލްގެ ނިންމުންތައް ރިވީއުކުރުމަށް އިއްޔެ އެކުލަވާލި ޔުނިޓްގެ މަސައްކަތްތައް ހަރުދަނާ ކަމާއެކު ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޖީ އޮފީހުން ކޮސްފައިވާ ދައުވާތައް ކުރެވިފައި ހުރިގޮތެއް ބަލައި، މުރާޖާކުރުމަށް ޒިއްމާވާނެ ހާއްސަ ޔުނިޓެއް އުފައްދަވާފައިވާ ކަމަށެވެ.


"މި ޔުނިޓްގެ މަސައްކަތް ހަރުދަނާ ގޮތުގައި ކުރިއަށް ގެންދަވާނެކަމުގެ އުއްމީދުގައި ޕީޖީއަށް މަރުހަބާ ދަންނަވަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ނިންމުންތައް ރިވިއު ކުރާނެ ހާއްސަ ޔުނިޓެއް ގާއިމްކޮށް، އެ ޔުނިޓަށް ޝަކުވާ ހުށަހަޅަން 45 ދުވަހުގެ މުއްދަތެއް އިއްޔެ ވަނީ ދޭން ފަށާފައެވެ.

ޕީޖީން ނެރެފައިވާ ބަޔާނެއްގައި ބުނީ، ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ހައްޔަރުކޮށް، ނުވަތަ ބަންދުކޮށް، ނުވަތަ އެނޫން ވެސް ގޮތަކުން މީހެއްގެ މިނިވަންކަން ހިފެހެއްޓޭނެ ހާލަތްތަކާއި ޝަރުތުތައް މުރާޖާ ކުރަމުން ގެންދިޔުމާއި އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމާއި، ކުށެއް ކުރިކަމަށް ތުހުމަތު ކުރާ މީހަކާމެދު ދައުވާ އުފުލުމަށް ނުވަތަ ދައުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖާ ކުރުމާއި އަދި އެ ނިންމުން ބަދަލުކުރުމާއި، ކޮށްފައިވާ ދައުވާއެއް އަނބުރާ ގެނައުމަކީ ވެސް ޕީޖީއަށް ލިބޭ ބާރެއް ކަމަށެވެ.

އެހެންވެ، ކުރިން މީހަކަށް ދައުވާއެއް ކުރުމަށް ނުވަތަ ނުކުރުމަށް އެ އޮފީހުން ނިންމާފައިވާ ނިންމުމެއް މުރާޖާ ކުރަން ޖެހިއްޖެ ނަމަ، އެކަމެއް ކުރުމަށާއި ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ ކުރީގައި މީހަކު ބަންދުކޮށް، މިނިވަންކަން ހިފަހައްޓާފައިވާތީ އެކަން މުރާޖާ ކުރަން ޖެހޭ ނަމަ، އެކަން ކުރުމުގެ އިތުރުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާތީ އެކަން މުރާޖާ ކުރަން ޖެހޭ ނަމަ، އެކަމަށް ހާއްސަ ޔުނިޓެއް ގާއިމް ކޮށްފައިވާ ކަމަށެވެ.
ޕީޖީ
ހިޔާލު

ލަގަން

ކޯޓް ތަކުގެ ބާރުވެސް ނެންގެވީތޯ ؟