Siyaasi hayyareen shakuva husha'helhumah hulhuvalaifi
image
މުޒާހަރާއެއްގެ ތެރެއިން މީހަކު ހައްޔަރުކުރަނީ: ފައިލް ފޮޓޯ
1 ކޮމެންޓް
 

ސިޔާސީ ހައްޔަރީން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

2012 ފެބްރުއަރީ އެއް ވަނަ ދުވަހުގެ ފަހުން، ސިޔާސީ މަޤުޞަދެއް ހާސިލުކުރުމަށްޓަކައި ބަންދުކުރެވި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އަޅާފައިވާ ފަރާތްތަކާއި، ޙުކުމްތައް ކުރެވި އެ ޙުކުމްތައް ތަންފީޛުކުރަމުންދާ ފަރާތްތަކުން، ޝަކުވާ ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވައިލައްވައިފިއެވެ. Dhiraagu
އެފަދަ ފަރާތްތަކުން މައްސަލަޔާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާއެކު، 6 ޑިސެންބަރު 2018 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޝަކުވާ ހުށައެޅުއްވުމަށް ވަނީ ފުރުސަތު ހުޅުއްވާލާފައި ވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ސިޔާސީ ހައްޔަރީންގެ މައްސަލަތައް ބަލައި، ނުޙައްޤުން ބަންދުކޮށްފައިވާ ފަރާތްތައް މިނިވަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، "ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ" އުފައްދަވައި، އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު މަސައްކަތް ފައްޓަވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
ހިޔާލު

އުމަރުބެ

ނަޝީދުގެ ވެރިކަމުގައި އަނިޔާލިބުނު މީހުން ހަދާނީ ކިހިނެއް؟